އެމްޓީސީސީއަށް ޑީއާރުޕީން ދައްކަންޖެހޭ މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ދަރަންޏަށް އެ ޕާޓީގެ ކުރީގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ޑީއާރުޕީގެ ލީޑަރަކަށް މައުމޫން ހުންނެވިއިރު ޑީއާރުޕީން 2008 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް އެމްޓީސީސީން ހޯދި ހިދުމަތްތަކަށް 1.1 މިލިއަން ރުފިޔާ ދައްކަން އެ ޕާޓީގެ މައްޗަށް 2014 ވަނަ އަހަރު ކޯޓުން ހުކުމްކުރި ނަމަވެސް އޭރު މައުމޫން ހުންނެވީ ޕީޕީއެމްގެ ރައީސްގެ މަގާމުގަ އެވެ. މިހާރު ޑީއާރުޕީ އޮތީ އުވާލައިފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ފަހުން ހެދި ގަވާއިދު އޮންނަ ގޮތުން ޕާޓީ އުވާލިއިރު ހުރި ދަރަންޏަށް ޒިންމާވާނީ އެ ދަރަނި އުފެދުނުއިރު ޕާޓީގެ ލީޑަރަކަށް ހުންނެވި ބޭފުޅާ އެވެ.
ލިބެންޖެހޭ ފައިސާގެ ހުކުމް ތަންފީޒު ކުރަން އެމްޓީސީސީން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލާގެ ތެރެއަށް ކޯޓުން މައުމޫން ވެއްދި އެވެ. ނަމަވެސް އެމަނިކުފާނު ވަނީ އެ ދަރަނީގެ ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ ދަރަނީގެ މުއާމަލާތް އުފެދުނީ މައުމޫން ލީޑަރަކަށް ހުންނެވި ދުވަސްވަރު ކަމަށް ވީ ނަމަވެސް އެ ދަރަނި ސާބިތުވެފައިވަނީ އެމަނިކުފާނު އެ މަގާމުން ވަކިވި ފަހުން 2014 ވަނަ އަހަރު ކަމަށްވާތީ އެ ދަރަންޏަށް އެމަނިކުފާނު ޒިންމާ ނުކުރެވޭނެ ކަމަށެވެ. އެއީ ދަރަނި އުފެދުމާއި ސާބިތުވުމަކީ ތަފާތު ދެ ކަމެއް ކަމަށްވާތީ އެވެ.
ހުކުމުގައިވާ ގޮތުން ޑީއާރުޕީގެ ލީޑާޝިޕް ބަދަލުވެފައިވަނީ ދަރަނީގެ މައްސަލަ ފެށުމުގެ ކުރިން ކަމަށްވާތީ އެ ދަރަނި މައުމޫންގެ ނަމަށް ބަދަލު ކުރެވޭކަށް މިހާރު ނެތެވެ. ވީމާ 1.1 މިލިއަން ރުފިޔާގެ ފައިސާ އެމްޓީސީސީއަށް ދެއްކުމަށް މައުމޫންގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނެފައިވެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ