ރައްޔިތުން މަޖިލީހުގެ ކޮންމެ ކޮމެޓީއަކުން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ބޭނުން ވަނީ 64 ޕަސެންޓު ކަމަށާއި އެކަމަކަށް އެއްބަހެއް ނުވެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގައި ހިމެނޭ ސަރުކާރާ އިދިކޮޅު ސިޔާސީ ޕާޓީތަކާއި މެންބަރުން ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މިހާރު ޖެހިފައިވާ އެންމެ ބޮޑު މައްސަލަ އަކީ ކޮމެޓީތައް އެކުލަވާލުމުގެ މައްސަލައެވެ. ކޮމެޓީތަކުގެ މަސައްކަތްތައް ހުއްޓިފައި ވަނީ 13 މެމްބަރަކު އެމްޑީޕީން ވަކިވުމުން، މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަދަލު އައުމާ ގުޅިގެން، ކޮމެޓީތަކުގެ ކޮންޕޮޒިޝަން ބަދަލުވުމުންނެވެ. ކޮމެޓީތަކުގެ ކޮންޕޮޒިޝަން ކަނޑައަޅަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށްފަހު، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ.
ކޮމެޓީތައް އެކުލަވާ ނުލެވި އޮތުމުން މަޖިލީހަށް ހުށަހެޅިފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނާއިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ ހުއްޓިފައެވެ. އިއްޔެ އަކީ އީވާއަށް ދީފައިވާ ނޯޓިސްގެ މުއްދަތު ހަމަވި ދުވަހެވެ. މިއަދަކީ އެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރެވެން ޖެހޭ ދުވަސް ކަމަށްވީ ނަމަވެސް މިއަދުގެ ޖަލްސާގައި އެ މައްސަލަ އެޖެންޑާ ކޮށްފައެއް ނުވެއެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީން ވަކިވެވަޑައިގެންނެވި އެޕާޓީގެ ކުރީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ އެމްޑީޕީން ބޭނުންވާ ގޮތަށް މަޖިލިސް އެކުލަވާލުމަށް އެއްބަސް ނުވެވޭނެ ކަމަށެވެ. އެގޮތުން އެޕާޓީން ބޭނުން ވަނީ މަޖިލީހުގެ ކޮމެޓީތަކުގެ 64 ޕަސެންޓެވެ.
"އެއީ އަޅުގަނޑުމެންނަށް އެއްބަސްވެވޭނެ ކަމެއް ނޫން،" އަލީ އާޒިމް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މަޖިލީހުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެންބަރެއްގެ ގޮތުގައި ހުންނެވި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވަނީ މަޖިލިސް ހުއްޓުވައިގެން އުޅެނީ ސަރުކާރުން ކަމަށް ތުހުމަތު ކުރައްވައިފައެވެ. އެގޮތަށް އެކަން ކޮށްގެން އުޅޭ ސަބަބުން ހާމަ ކުރައްވާ އަލީ ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ މަޖިލީހުގައި އިދިކޮޅުގެ އަޑު ކަނޑުވާލުން ކަމަށެވެ.
މަޖިލީހުގެ މަސައްކަތްތައް އަލުން ކުރިޔަށް ގެންދިއުމަށްޓަކައި މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަތަކުގެ ތެރެއިން ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންދިއުމަށް އަލީ ހުސައިން ވަނީ އެދިވަޑައިގެންފައެވެ.
"މިސާލަކަށް ސްޕީކާގެ އިތުބާރު ނެތްކަމުގެ މައްސަލަ ބާއްވާފައި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ. އެހެންނޫނީ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބާއްވާފައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ،" އަލީ ވިދާޅުވިއެވެ.
އާޒިމް ވެސް ވިދާޅުވީ އެ ދެ މައްސަލަ އެއްފަހަރާ ހުށަހަޅައިގެން މަޖިލިސް ކުރިޔަށް ގެންދެވޭނެ ގޮތެއް ގާނޫނުއަސާސީގައި ނެތް ކަމަށެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								