ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށާއި ސަރުކާރަށް ފާޑުކިޔައި އިދިކޮޅު ފަރާތްތަކުން ހަދައިގެން އުޅޭ ލަވައެއް، ސްރީލަންކާގެ ނާސިގެއެއްގެ ތެރޭގައި ޖަހުވައި، އަންހެން ކުދިންތަކެއް ލައްވާ އެ ލަވައަށް ނަށުވައިފިއެވެ.
އެ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ އިދިކޮޅު ސަޕޯޓަރުންނެވެ.
ސޯޝަލް މީޑިއާގައި އެ ވީޑިއޯ ޕޯސްޓްކުރި މީހަކު ބުނެފައި ވަނީ އެއީ ލަންކާގެ ކްލަބެއްގެ ވީޑިއޯއެއް ކަމަށެވެ.
ނިވާކަން ކުޑަ ހެދުން ލައިގެން އުޅޭ އަންހެން ކުދިން ތިބި، ކްލަބެއްގައި ސަރުކާރާ ދެކޮޅު ލަވަ ޖަހާފައި ވަނީ އިދިކޮޅު ބަޔަކު އެތަނަށް ގޮހެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ވީޑިއޯއަކުން ނުފެނެއެވެ. އެ ވީޑިއޯކޮށްފައި ވަނީ ވެސް އެ ކްލަބަށް ދިޔަ ދިވެހިންގެ ބައެކެވެ. އެކަން އިނގެނީ ހަމައެކަނި އަންހެން ކުދިން ނަށާތަން ދެއްކުމަށާއި އެހެން ބަޔަކު ވީޑިއޯއަށް ނާރުވަން ބުނާ އަޑު އެ ވީޑިއޯއިން އިވޭތީއެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުން، ލަވަޔާއި އެއްވަރަށް އަންހެން ކުދިން ނަށަމުންދާއިރު، އެ ކްލަބަށް ގޮސް ތިބި ސަރުކާރާ އިދިކޮޅު ބަޔަކު ފަހަތުން އެ ލަވަ ކިޔަމުންދެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ