ރައްޔިތުން މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ހުއްޓިފައި އޮތް މަޖިލިސް ކޮމެޓީތަކުގެ މައްސަލަ އެޖެންޑާކޮށްފިއެވެ.
މަޖިލީހުގެ ކޮމެޓީތަކުގެ މައްސަލަ ހުއްޓިފައި އޮންނަތާ ތިން ހަފްތާއެއްހާ ދުވަސް ވަނީ ވެފައެވެ. ކޮމެޓީތަކުގެ މަސައްކަތްތައް ހުއްޓިފައި ވަނީ 13 މެމްބަރަކު އެމްޑީޕީން ވަކިވުމުން، މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަދަލު އައުމާ ގުޅިގެން، ކޮމެޓީތަކުގެ ކޮންޕޮޒިޝަން ބަދަލުވުމުންނެވެ. ކޮމެޓީތަކުގެ ކޮންޕޮޒިޝަން ކަނޑައަޅަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށްފަހު، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ.
މި މައްސަލާގައި މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ ދެ މައްސަލައެއް ވަނީ އެޖެންޑާ ނުކުރެވިފައެވެ. އެއީ މަޖިލީހުގެ ނާއިބު ރައީސް އަދި ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެވެ.
ކޮމެޓީޓަކުގެ މައްސަލަ ހައްލު ކުރުމަށް އެތައް ފަހަރަކު އެމްޑީޕީން ވާހަކަދެއްކި ނަމަވެސް މަޖިލީހުގެ ރައީސާއި ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ އެއްބާރުލުމެއް ލިބިފައި ނުވާ ކަމަށްވެއެވެ.
ގިނަ ދުވަސްތަކަކަށްފަހު މާދަމާގެ ޖަލްސާގައި ކޮމެޓީތަކުގެ މަސައްކަތް އެކުލަވާލުމަށް އެޖެންޑާ ކޮށްފައިވާއިރު މާދަމާގެ ޖަލްސާގައި ސަރުކާރުން ހުށަހަޅާފައިވާ ބިލެއްގެ މަސައްކަތް ވެސް ވަނީ އެޖެންޑާ ކޮށްފައެވެ.
ޖަލްސާތަކުގެ އެޖެންޑާ ކަނޑައެޅުން މަޖިލީހުގެ ރައީސްގެ ޒިންމާގެ ދަށުގައިވާއިރު މިފަހަކުން މުޅިންހެން އެޖެންޑާ ކޮށްފައި ވަނީ އިދިކޮޅު ފަރާތްތަކުގެ ގަރާރުތަކެވެ. ނަމަވެސް މާދަމާގެ ޖަލްސާ އަށް ޕްލާސްޓިކް ކޮތަޅުން ފީ ނެގުމާ ގުޅޭ ގޮތުން ސަރުކާރުން ހުށަހެޅި އިސްލާހާއި އިންޑަސްޓްރިއަލް ރިލޭޝަން ބިލުގެ މަސައްކަތް ވެސް ވަނީ އެޖެންޑާ ކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ