ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީގެ މިންވަރު މުރާޖަޢާކުރައްވައި، އިތުރު އިނާޔަތްތަކެއް ތަޢާރަފްކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.
ރައީސް ސޯލިހު އެގޮތަށް ނިންމެވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ މުރާޖަޢާކުރެއްވުމާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީން ހުށަހެޅި ކަރުދާހަށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރެއްވުމަށްފަހު، އެ މަޖިލީހުގެ ލަފާފުޅުގެމަތިންނެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީއާ ގުޅޭގޮތުން ނިންމެވި ނިންމެވުމާ ގުޅޭ ތަފްޞީލުތައް ސަރުކާރުން ހާމަކުރާނެ ކަމަށް ރައީސް އޮފީހުން ބުނެއ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، މާލީ އެހީގެ ގޮތުގައި މަހަކު 2,000 ރުފިޔާ ދެއްވަން ފަށްޓަވާފައި ވަނީ މީގެ 12 އަހަރުކުރިންނެވެ. މިއީ އެހީ ދޭންފެށި ފަހުން މި އެހީ މުރާޖަޢާކުރެވޭ ފުރަތަމަ ފަހަރެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި