ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައިވާ ކަންކަން ކުރިޔަށް ނުގެންދެވި، ޖަލްސާ ހޫނުވުމުގެ ސަބަބުން ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ޖަލްސާ މެދުކަނޑާލައިފިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގެ އެޖެންޑާގައި އޮތީ، ހުއްޓިފައި އޮތް މަޖިލިސް ކޮމެޓީތަކުގެ މައްސަލައެވެ. އެގޮތުން ކޮމެޓީތައް އެކުލަވާލުމުގެ މަސައްކަތް އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި އޮތްއިރު ދެވަނަ މަސައްކަތެއްގެ ގޮތުގައި އޮތީ ޕްލާސްޓިކް ކޮތަޅުން ފީ ނެގުމާ ގުޅޭ ގޮތުން ސަރުކާރުން ހުށަހެޅި އިސްލާހާއި އިންޑަސްޓްރިއަލް ރިލޭޝަން ބިލުގެ މަސައްކަތެވެ.
އެހެންނަމަވެސް މިއަދުގެ ޖަލްސާގައި ފުރަތަމަ އޮތީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާ ކުއްލި މައްސަލައެވެ.
މިއަދުގެ ޖަލްސާއަށް ގިނަ މަސައްކަތްތަކެއް ވަނީ އެޖެންޑާ ކޮށްފައެވެ. އެންމެ ފުރަތަމަ މަސައްކަތަށް އޮތީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ގެންދިޔުމެވެ.
އެއީ ސަރުކާރުން ބަދަލު ދިން ކުންފުނިތައް ހާމަކުރުމަށް ގޮވާލައި ހުށަހަޅާ ކުއްލި މައްސަލައެކެވެ. ނަމަވެސް އާދަމް ޝަރީފަށް އެ މައްސަލަ ހުށަހެޅޭ ގޮތެއް ނުވިއެވެ.
އެގޮތުން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނެންގެވި ނިޒާމީ ނުކުތާއެއްގެ ސަބަބުން މަޖިލީހުގައި އަޑުގަދަ ކުރަން ފެށިއެވެ. އަދި އާޒިމް އަށް ނިޒާމީ ނުކުތާ ނެންގެވުމަށް ދެއްވި ފުރުސަތުގައި އެ ނުކުތާ ނުނަންގަވާ ގިނަ ވަގުތުތަކެއް ބޭކާރު ގޮތުގައި ހޭދަ ކުރެއްވިއެވެ. އަދި ނިޒާމީ ނުކުތާގެ މައްސަލަ ކުރިޔަށް ގެންދެވިއިރު ވެސް އާޒިމް ވަނީ، ބޭކާރު ގިނަ ވާހަކަތަކެއް ދައްކަވައިފައެވެ.
ނަމަވެސް އާޒިމް ނަންގަވަން އުޅުނު ނިޒާމީ ނުކުތާ ނުނެންގުމުން ރިޔާސަތުގައި އިންނެވި ހަސަން އަފީފް ތަކުރާރުކޮށް ވަނީ އާޒިމްގެ ނިޒާމީ ނުކުތާ ހުށަހެޅުއްވުމަށް އެދިވަޑައިގެންފައެވެ. ރިޔާސަތުން މަޖިލިސް ޖަލްސާ މެދުކަނޑާލީ ޖަލްސާ ކުރިޔަށް ގެންދެވޭނެ ގޮތަކާއި މެދު ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ކަމަށް ބުނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ