ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން ދޭ " މެރިޓް އެވޯޑް" ސްޕޮންސާ ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެކު އެއްބަސްވެއްޖެއެވެ.
މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން މެދުވެރިކޮށް މި ޕާޓްނަރޝިޕްގެ ދަށުން ގްރޭޑް 11 ގައި ކިޔަވަމުންދާ ފާހަގަކޮށްލެވޭ ހަތަރު ދަރިވަރަކަށް ސްޕޮންސާޝިޕް ލިބިގެންދާނެއެވެ. ސްޕޮންސާޝިޕް ދިނުމަށް ހަމަޖެހިފައިވަނީ އަހަރަކު ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ.
އެމްއޭސީއެލް ކޯޕަރޭޓް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްއޯޔޫގައި ސޮއިކުރެއްވީ ސީއެޗްއެސްއީގެ ފަރާތުން ޕްރިންސިޕަލް އައިޝަތު ސަފޫރާއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި އެމްޑީ މަހްޖޫބް ޝުޖާއުއެވެ. އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލް އާއި ސީއެޗްއެސްއީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮންމެ އަހަރަކު ވެސް ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިން ހޮވާނީ އެ ކުދިންގެ ތައުލީމީ ނަތީޖާ އާއި ޖުމްލަ މެރިޓަށް ބަލައިގެންނެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތުގެ ތަފާތު މާހައުލު ތަޖުރިބާކުރުމުގެ ފުރުސަތު އެމްއޭސީއެލް އިން ފޯރުކޮށްދީ، އެކަޑަމިކް އެކްސެލެންސް އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭނެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ މަހްޖޫބް ޝުޖާއު ވިދާޅުވީ އެމްއޭސީއެލް މެރިޓް އެވޯޑާއެކު އަމާޒަކީ ހަމައެކަނި ފާހަގަކޮށްލެވޭ ތައުލީމީ ކާމިޔާބީގެ އަގު ވަޒަންކުރުން ނޫން ކަމަށާއި، ވިސްނުންތަކުގެ ތައުލީމީ ދަތުރު އިތުރަށް ހަރުދަނާކުރެވޭނެ ވަސީލަތްތަކުން ބާރުވެރިކުރުވުން ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ