ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް 6،000 ރުފިޔާއާ ހަމައަށް ބޮޑުކޮށްފި އެވެ.
ދައުލަތުން މާލީ އެހީގެ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުން އައީ 2،000 ރުފިޔާއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވެންސް ގިންތިކޮށްފައިވާކަން އެންސްޕާ އާއި ޖެންޑާ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އެންސްޕާއިން ހާމަކުރި ގޮތުގައި މިހާރު ދެމުން އަންނަ 2000 ރުފިޔާގެ އިތުރުން 1000 ރުފިޔާގެ އެލަވެންސެއް ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށެވެ. އެ އެލަވަންސް އެންމެންނަށް ލިބޭނެއެވެ. އެކަމަކު 3000 ރުފިޔާ އިތުރުވާނީ ވަކި ބަޔަކަށެވެ.
ނުކުޅެދުންތެރިކަމުގެ އިނާޔާތުގެ އިތުރުން ވެސް އިތުރު އިނާޔަތްތަކެއް ސަރުކާރުން ވަނީ ތައާރަފްކޮށްފައެވެ. އަލަށް ތައާރަފް ކުރެވެނީ ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލަ އަށް ނޫޅެވޭ ނުވަތަ އެހެން ފަރާތަކުން ބަލަހައްޓަން ޖެހޭ ފަރާތްތަކަށް ދޭ ކެއާރާ އެލަވަންސް، ނުކުޅެދުންތެރިކަމުގެ ސަބަބުން އާންމުކޮށް ބޭނުންކުރާ ތަކެތީގެ އިތުރުން އަސާސީ ބައެއް ތަކެތި ހޯދަން ޖެހޭ ފަރާތްތަކަށް ދޭ ސެލްފް ކެއާ އެލަވަންސަކާއި، އެއް ގޭބިސީއެއްގައި ނުކުޅެދުންތެރިކަން ހުންނަ ތިން މީހުންނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ގޭބިސީތަކުގައި އުޅޭ ނުކުޅެދޭ މީހުންނަށް ދޭ އެލަވަންސެވެ.
އަލަށް މުރާޖައާ ކުރި އެލަވެންސް:
 	އަސާސީ ތަކެތި ގަތުމަށް ދެވޭ 1،000 ރުފިޔާގެ ސެލްފް ކެއާ އެލަވަންސެއް  (65 އަހަރުން ދަށުގެ މީހުން
 	އެއް ގޭބިސީއެއްގައި އެކަކަށް ވުރެ ގިނަ ނުކުޅެދޭ މީހުން އުޅޭނަމަ 1،000 ރުފިޔާގެ އެލަވަންސެއް
 	މާލީ އެލަވަންސް 2،000 ރުފިޔާއިން - 3،000 ރުފިޔާއަށް ބޮޑުވާނެ
 	އަމިއްލައަށް ނޫޅެވޭ، އެހެން ފަރާތްތައް ބަލަހައްޓަން ޖެހޭ 65 އަހަރުން ދަށުގެ ނުކުޅެދޭ މީހުންނަށް އިތުރު 2،000 ރުފިޔާގެ އެލަވަންސެއް
 
		 
										
									 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								