ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި، މާލޭގައި މުޒާހަރާ ކުރި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ބަޔަކު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒަށް މަގުމަތިން ދިމާކޮށް، އޭނާއަކީ ކާފަރެއް ކަމަށް ބުނި މައްސަލަ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ކުށްވެރި ކުރައްވައިފިއެވެ.
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިލޭސާބަކަށް ގިނަ މަސައްކަތްތަކެއް ކުރައްވާ އިޔާޒަށް ފުރައްސާރަކޮށް، ދިމާކޮށްލީ މަޖިލީދީމަގު، ސޯޝަލް ސެންޓަރު ކައިރިންނެވެ. ސައިކަލުގައި ވަޑައިގަންނަވަނިކޮށް، އެ ސަރަހައްދުގައި މުޒާހަރާކުރަން ތިބި އަންހެންވެރިންތަކެއް ވަނީ އޭނާގެ ފަހަތުން ދުވެ، އަޑު ލައްވައި ހަދާފައެވެ. ޔާމީން މިނިވަންކުރުމަށާއި ރައީސް ސާލިހަށް ފާޑުކިޔައި ލިޔެފައިވާ ޕޯސްޓަރުތަކެއް ހިފައިގެން ތިބި މީހުން ވަނީ އިޔާޒަށް އަމާޒުކޮށް، "ބޮޑު ކާފަރޭ" ކިޔައި ފުރައްސާރަކޮށްފައެވެ.
އިޔާޒަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ، ޢަދާލަތު ޕާޓީގެ އިސްފަނޑިޔާރެވެ. އަދި އެ ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސެވެ. އޭނާ ގެންދަވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ލެކްޗަރާކަން ވެސް ކުރައްވަމުންނެވެ.
https://twitter.com/AhmedZahirAli/status/1669285227188097025?s=20
އެކަމާއި ގުޅިގެން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ފަދަ އިސްލާމީ ގައުމެއްގައި ދީނީ އިލްމުވެރިންނަށް ފުރައްސާރަކޮށް ހެދުމަކީ ހިތާމަވެރި ކަމެއް، ކަމަށާއި އަދި އެއީ ނުރައްކާތެރި ސިގުނަލެއް ކަމަށެވެ.
"އިއްޔެ ޑރ އިޔާޒަށް ފުރައްސާރަކޮށް މަގުމަތީގައި ހިންގި އަމަލު ކުށްވެރިކުރަން. އެއްވެސް މަގުސަދެއްގައި މިފަދަ އަމަލުތައް ތަކުރާރުނުކުރުމަށް ގޮވާލަން،" މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރަށް ތާއިދުކޮށް، ޓްވީޓު ކުރައްވާ އިޔާޒަށް މަގުމަތިން ދިމާކޮށްލުމުން އަދާލަތު ޕާޓީން ވަނީ އެކަން ކުށްވެރިކޮށްފައެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								