ހައްޖުމަހުގެ މަތިވެރި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނުބައިކަންކަމާއި ދުރުހެލިވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައި ވަނީ ހައްޖުމަހުގެ ފުރަތަމަ 10 ދުވަހަކާ ގުޅޭ ގޮތުންނެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި ރިސޯޓުތަކުގައި އިއްވި ހުކުރު ހުތުބާގައި ބުނެފައިވަނީ ހައްޖުމަހަކީ އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކުގެ ތެރެއިން ވެސް، ހާއްސަ މައްސަރެއް ކަމަށެވެ. އެގޮތުން ހައްޖުމަހުގެ ފުރަތަމަ 10 ދުވަހަކީ މާތް ދުވަސްތަކެއް ކަމަށެވެ.
ހައްޖުމަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ގޮތުން، ނުބައިކަންކަމާ ދުރުހެލިވުމަކީ މުހިއްމު ކަމެއް ކަމުގައި ފާހަގަކޮށް، ހުތުބާގައި ބުނެފައި ވަނީ ހެޔޮކަންކަމަކީ ރަހުމަތާއި ނިއުމަތްތައް ލިބުމުގެ ސަބަބެއް ކަމަށެވެ.
"އެހެންކަމުން ހައްޖުގެމަހުގެ މަތިވެރި ދުވަސްތަކުގައި ފާފަތަކަށް އަރައިގަތުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި، އަރާރުންވުމާއި، މަލާމާތް ކުރުމާއި، ފުރައްސާރަ ކުރުމާއި، ބާތިލު ވާހަކަ ދެއްކުމާއި، އަދި ފިތުނަ އުފައްދައި، ފަސާދަ ކުރުންފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވެތިބޭ ބަޔަކަށް ވާށެވެ،" ހުތުބާގައިވެއެވެ.
ހުތުބާގައި ބުނެފައި ވަނީ ރަމަޟާންމަހުގެ ހަނދާންތައް ފިލައިނުދަނީސް، މުސްލިމުންނާ ކުރިމަތިވަމުން މި އަންނަނީ ދުނިޔެއަށް އަންނާނެ އެންމެ މާތް ދުވަސްތައް ކަމަށެވެ. ހައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ ހެޔޮއަމަލު ކުރުމަށް އެކަލާންގެ އެންމެ ލޯބިވެވޮޑިގެންވާ ދުވަސްތައް ކަމަށް ހުތުބާގައިވެއެވެ.
"މި ދުވަސްތަކަކީ ދުނިޔެއަށް އަންނާނެ އެންމެ ހެޔޮ ދުވަސްތަކަށްވުމުގެ ސަބަބެއް ކަމުގައި އިލްމުވެރިން ބަޔާން ކުރައްވަނީ އެންމެ މަތިވެރި ހެޔޮ އަމަލުތައް މި ދުވަސްތަކުގައި ޖަމާވެގެންދާތީއެވެ. ނަމާދާއި ރޯދަ އާއި ސަދަގާތާއި ހައްޖުގެ މަތިވެރިއަޅުކަން ޖަމައަވެގެން އަންނާތީއެވެ. އެހެންކަމުން މި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ހެޔޮ އަމަލުކުރުމަށް އަވަސްވެ ގަންނާށެވެ." ހުތުބާގައިވެއެވެ.
މިފަދަ މާތް ދުވަސްތަކުގައި ހެޔޮ އަމަލުކުރަން ފަށަންވީ އިހްލާސްތެރި ތައުބާއަކުން ކަމަށާއި ތައުބާވާ އަޅުންދެކެ މާތް ރަސްކަލާންގެ ލޯބިވެ ވޮޑިގަންނަވާ ކަމަށް ހުތުބާގައިވެއެވެ.
މި ދުވަސްތަކުގައި ކުރެވެން އޮތް އެންމެ ހެޔޮ އަމަލުތަކުގެ ތެރޭގައި ރޯދަ ހިފުން ހިމެނިގެންވާ ކަމަށާއި ހާއްސަކޮށް ހައްޖުމަހުގެ ނުވަ ވަނަ ދުވަހު ރޯދައިގެ ސަވާބާއި ދަރުމައިގެ މަތިވެރިވެގެންވާ ކަމަށް ހުތުބާގައިވެއެވެ.
"މި ދުވަސްތަކުގައި ކުރެވޭނޭ ހެޔޮ އަމަލުތަކުގެ ތެރޭގައި ތަކްބީރާއި ތަސްބީހަ ކިޔައި މާތް ރަސްކަލާންގެ މަތިން ހަނދުމަކުރުން ހިމެނެެއެވެ. އެހެނީ ކީރިތި ގުރުއާނުގައި މި ދުވަސްތައް ސިފަކުރައްވާފައި ވަނީ ޒިކުރުކޮށް އުޅޭ ދުވަސްތަކެއްގެ ގޮތުގައެވެ،" ހުތުބާގައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ