މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކަކާއި ގުޅިގެން ރާއްޖެ އަށް މަސްތުވާތަކެތި ޓްރެފިކް ކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ތ. ވޭމަންޑޫ، ކެނެރީވިލާގެ އުމުރުން 27 އަހަރުގެ ނަބީލް އަހްމަދު ނަމަކަށް ކިޔާ މި މީހާ ހައްޔަރު ކޮށްފައި ވަނީ މާލެ އިންނެވެ. އޭނާ އަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު ވަނީ އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ. ކޯޓުން އޭނާ ބަންދު ކުރަން ނިންމީ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރުމުންނެވެ.
ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައި ބުނެފައި ވަނީ އޭނާ އަކީ ނެޓްވޯކެއްގެ ތެރެއިން މަސްތުވާތަކެތި ޓްރެފިކް ކުރާ ކަމަށް ބެލެވޭ މީހެއް ކަމަށެވެ.
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި