ރާއްޖެ އަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ޑިމޮކްރަސީ ކުރި އަރުވާ ހަރުދަނާ ކުރުމުގެ ލީޑަރެއްގެ ގޮތުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެން ސިފަ ކުރައްވައިފިއެވެ.
ބްލިންކެން އެފަދައިން ވިދާޅުވެފައި މިވަނީ އެމެރިކާގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން މިހާރު އެމެރިކާ އަށް ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރު ޝާހިދާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުންނެވެ.
https://twitter.com/SecBlinken/status/1669458201048129537?s=20
އެ ބައްދަލު ކުރެއްވުމުގައި ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވުމާއި ގުޅޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފައެވެ. މީގެއިތުރުން ޝާހިދާއި ބްލިންކެންގެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އެހެން ގިނަ ދާއިރާތަކަކުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި ބްލިންކެން ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމު ކޮށްގެން ބޭއްވި "ސަމިޓް ފޯ ޑިމޮކްރަސީ"ގައި ރާއްޖެ އިން އަދާކުރި ދައުރަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ރާއްޖެ އަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ޑިމޮކްރަސީ ކުރިއަރުވާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާ ލީޑަރު ގައުމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
https://twitter.com/abdulla_shahid/status/1669656105872683014?s=20
މީގެއިތުރުން ދެ ގައުމު ގުޅިގެން އިގްތިސާދު ވަރުގަދަ ކުރުމާއި މޫސުމީ ބަދަލުތަކަށް ހޭނުމާއި، ޑިފެންސް ކޯޕަރޭޝަން އަދި ނޫސްވެރިކަމުގެ މިނިވަންކަމާއި މިނިވަން އިންތިހާބުތަކަކަށް ޖާގަދިނުމާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ