ރާއްޖެ އިސްލާހުކުރަން، އިލްމުވެރިންގެ ފަހަތުގައި ތިބެން ސަރުކާރު ކޯލިޝަން ގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން ގޮވާލައްވައިފިއެވެ.
ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީީ އިންތިހާބާ ގުޅޭ ގޮތުން ޕާޓީގެ މެމްބަރުންނާ، އިމްރާން ވަނީ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުގައި އިމްރާން ވިދާޅުވީ ފާއިތުވި ތިން ރިޔާސީ އިންތިހާބުގައިވެސް އަދާލަތު ވިސްނުން ބައްޓަން ކުރަމުން އައީ އެ ޕާޓީގެ އަމާޒާއި "ގޯލް" އާ ހަމަޔަށް ދިޔުމަށްޓަކައި އެވަގުތު އަދާކުރެވެން އޮތް ދައުރު އެންމެ ފުޅާގޮތަކަށް އަދާކުރެވޭނެ މަގު ކޮށުން ކަމަށެވެ.
އަދާލަތުގެ ރައީސް ވިދާޅުވީ، އިސްލާހީ މަސައްތަށް މަގުފަހިވާނެ އަދި އެކަން ކުރެވޭނެ މަގު ހޯދުމަކީ އެންމެ މުހިއްމު އެއްކަން ކަމަށެވެ. އިސްލާމީ ތާރީހާ އަދި ރާއްޖޭގެ ތާރިހުން ބެލި ކަމުގައިވިޔަސް ބަދަލުތައް އެންމެ ހެޔޮ ގޮތަކަށް ދެމެހެއްޓޭނެ ނިޒާމަކީ އެއީ ކަމަށްވާތީ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ މިއަދު އޮތް ހިސާބަށް އަދާލަތަށް އާދެވިފައިވަނީ ގިނަ ކަންތައްތަކެއް ކަނޑަތުކޮށްފައި ކަމަށެވެ. އެއަށް ފަހު ވިދާޅުވީ އިސްލާހި މަސައްކަތްތައް ކުރިއަރަމުން ދިޔުމުގައި އެންމެ މުހިއްމު ކަމަކަށް ވެފައި އޮތީ އިލްމުވެރިން، އެއް ވިސްނުމެއްގައި އެއްގޮތެއްގައި ސާބިުވެގެން ތިބުން ކަމަށެވެ.
"އެބޭފުޅުން (އިލްމުވެރިން) ފަހަތުގައި އެންމެ އެކަތިގަނޑެއްގެ ގޮތުގައި ސާބިތު ތިބެގެން އެކަން އެގޮތަށް ކުރެވުނީމަ އަޅުގަނޑުމެންގެ ރާއްޖެއަށް ހެޔޮ ބަދަލު އަންނާނީ އަޅުގަނޑުމެންގެ ރާއްޖެ އިސްލާހުވާނީ" އިމްރާން ވިދާޅުވިއެވެ.
ރާއްޖެއަށް އަންނަ ބަދަލުތަކައި އިސްލާހުތައް އެނގެން ޖެހޭކަން ފާހަގަކޮށް އިމްރާން ވިދާޅުވީ އިސްލާމީ ގައުމުތަކުގައި ސިޔާސީ ގޮތުން ކަންކަން ހިނގާގޮތް ބަލައި ހޯދައި އެގޮތަށް މަސައްކަތް ބައްޓަންކުޔރަން ޖެހޭ ކަމަށެވެ. ރިޔާސީ އިންތިހާބުގައި އަދާލަތުގެ ދައުރު މުހިއްމު ކަމަށާއި ސާބިތުކަމާއެކު ރައްޔިތުން ތިބޭނީ ދަތުރުކުރާ މަންޒިލް ހާމަކޮށްދެވުނު ވަރަކަށް ކަމަށެވެ.
"އެހެން ކަމުން އަޅުގަނޑުމެން އެންމެން އެކުގައި މި މަސައްކަތުގައި ބައިވެރިވުން ވަރަށް މުހިއްމު" އިމްރާން ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ