ހެންވޭރު ގެއަކަށް ވަދެ، ރަހީނުކޮށްފައި ތިބި ތިން ދިވެހިން ފުލުހުން ބާރުގެ ބޭނުންކޮށްގެން މިއަދު ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ އެ މީހުން ރަހީނުކޮށްފައި ތިބި ތަނަށް ބާރުގެ ބޭނުންކޮށްގެން ވަދެ، އެ މީހުން ސަލާމަތްކުރިއިރު، އެ މީހުންނަށް އެކިވަރުގެ އަނިޔާކޮށްފައިވާ ކަމަށެވެ. އެ ކަމެއް ހިނގައިގެން އުޅެނީ ހެންވޭރު އަބަދަށް އުފާ މަގުގައި ހުންނަ ގެއެއްގައެވެ.
"ޑޮކްޓަރަކަށް ދެއްކުމަށް އެ މީހުން ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ދިވެހި ފިރިހެނަކާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި