ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންފައި ވަނީ ނުރަސްމީ ދަތުރުފުޅެއްގައެވެ. އެހެންކަމުން އެ ދަތުރުގެ އިތުރު މައުލޫމާތެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.
ސިންގަޕޫރަށް ރައީސް ސޯލިހު ފުރާވަޑައިގެންނެވިއިރު މިމަހުގެ ކުރީކޮޅު ރައީސް ވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީ އަށް ވަޑައިގެން އެރަށުގައި ކުރިޔަށްދާ ބައެއް މަޝްރޫއުތައް އިފްތިތާހް ކުރައްވައިފައެވެ.
މީގެއިތުރުން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ވާދަ ކުރައްވާއިރު އަޟްހާ އީދު ބަންދަށް ފަހު ރައީސްގެ ކެމްޕެއިން ދަތުރުތައް ވެސް ރަސްމީކޮށް ފެށިގެން ދާނެ ކަމަށް އެމްޑީޕީން އަންނަނީ ބުނަމުންނެވެ.
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި