ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ މެނިފެސްޓޯ އެކުލަވާލުމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ހާއްސަ ވޯކްޝޮޕެއް ކުރިޔަށް ގެންގޮސްފިއެވެ.
މި ވޯކްޝޮޕްގައި އަންހެނުން ރޫހުގެ 300 އަށްވުރެ ގިނަ ކަނބަލުން ބައިވެރިވިއެވެ. މީގެތެރޭގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ އެޕާޓީގެ އަންހެން މަޖިލިސް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ވޯކްޝޮޕްގައި އެމްޑީޕީގެ މެނިފެސްޓޯގައި އަންހެނުންނާއި ގުޅުންހުރި ކަންކަން ހިމެނުމާއި އަންހެނުން ބާރުވެރި ކުރުވުމަށް މެނިފެސްޓޯގައި ހިމެނޭނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލު ކޮށްފައިވެއެވެ.
އެމްޑީޕީގެ މި ވޯކްޝޮޕް ފެއްޓުމުގެ ގޮތުން ވާހަކަދައްކަވަމުން އަންހެނުން ރޫހުގެ ރައީސާ އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރު ނޫނީ އަންހެނުންގެ އަޑު އެހި ސަރުކާރެއް ނެތް ކަމަށެވެ.
އެގޮތުން ރައީސްގެ ކެބިނެޓު ބަލާލުމުން އެކަނިވެސް އެކަން ސާފުވެގެން ދާނެ ކަމަށް ރޮޒައިނާ ފާހަގަކުރެއްވިއެވެ.
“މިފަސް އަހަރަކީ އަންހެނުންގެ އަޑު އެހުމުގަ މީގެ ކުރީގެ ސަރުކާރުތަކާއި ބަލާފަ މާބޮޑަށްވެސް އިސްކަން ދެއްވައިގެން އަޑުއެއްސެވި ފަސް އަހަރުގެ ގޮތުގައި،” ރޮޒައިނާ ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ ސެޕްޓެމްބަރު 9ވަނަ ދުވަހުއެވެ. މި އިންތިހާބުގެ ކެމްޕެއިން އަޟްހާ އީދަށް ފަހު އެމްޑީޕީން ފަށާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ