ދިވެހި ސަލާމަތީ ހިދުމަތްތަކުގެ މަތީ ފަންތީގެ އޮފިސަރުންނާއި އޮފިޝަލުންގެ ސައިކޮލޮޖިކަލް ޕްރޮފައިލު އިންޑިއާގެ ޔުނިވާސިޓީއަކުން ހަދަން ނިންމާފައިވާ ވާހަކަ ގައުމީ ދިފާއީ ބާރުން ދޮގުކޮށްފިއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން އެ ސައިކޮލޮޖިކަލް ޕްރޮފައިލުގެ ބޭނުމަކީ ރާއްޖޭގެ ސަލާމަތީ ބާރުތަކަށް އަލަށް ވަންނަ އޮފިސަރުންނާއި މަތީ ފަންތީގެ އޮފިސަރުންގެ ތެރެއިން އެކި ބާވަތުގެ ކަންކަމަށް ހުށަހެޅުމުގެ ފުރުސަތު އޮތް އޮފިސަރުންނާއި އެފަދަ ފުރުސަތު އޮތް މިންވަރު ދެނެގަތުމަށް ހަދާ ޕްރޮފައިލެކެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވަނީ ގަންދިނަގަރްގައި ހުންނަ ނޭޝަނަލް ފޮރެންސިކް ޔުނިވާސިޓީއާ ކަމަަށް އިންޑިއާގެ ނޫސްތަކުގައިވެއެވެ.
އެ ވާހަކަތައް ރާއްޖޭގެ ބައެއް މީޑިއާތަކުން ވެސް ވަނީ އިންޑިއާގެ ނޫސްތަކާއި ހަވާލާދީ ރިޕޯޓްކޮށްފައެވެ.
ނަމަވެސް އެމްއެންޑީއެފުން މިއަދު ބުނީ އެ ފަދަ ޕްރޮފައިލްއެއް ހެދުމުގެ އެއްވެސް މަޝްވަރާއެއް ކުރެވިފައިނުވާ ކަމަށެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި