ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން އުފައްދަވާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޭން ފެނޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ބައްދަލުވުމުގައި އެކަމަށް މެންބަރުންގެ ތާއީދު ނުލިބުމުން ފާސް ނުވެ ނިމިއްޖެއެވެ.
ޕާޓީ އުފެއްދުމުގެ ހުއްދައާ މެދު ގޮތެއް ނިންމުން ލަސްވާ ކަމަށް ބުނެ އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅޭ ބޭފުޅުންނާއި ބައެއް ސަޕޯޓަރުން މިއަދު މެންދުރުން ފެށިގެން ތިބީ ކޮމިޝަނުގަ އެވެ.
އީސީގެ މެންބަރުން ބޭއްވެވި ބައްދަލުވުމަށް ފަހު ޑިމޮކްރެޓްސްގެ ބޭފުޅުންނާ ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ މިރޭގެ ބައްދަލުވުގައި އީސީގެ ފަސް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރަކު ބައިވެރިވެވަޑައިގެންނެވި ކަމަށާއި ދެ މެންބަރަކު ފިޔަވައި އެހެން ބޭފުޅުން ވޯޓު ދެއްވީ ޕާޓީ އުފެއްދުމުގެ ހުއްދަ އަދި ނުދޭން ކަމަށެވެ.
ހުއްދަ ނުދޭން ދެ މެމްބަރަކު ވޯޓު ދިން ސަބަބަކީ ފުއާދު ވިދާޅުވި ގޮތުގައި "އެ ބޭފުޅުން ބޭނުންވާ ފެކްޓުތަކެއް ޗެކުކޮށް ނުނިމޭތީ" ކަމަށެވެ. އަދި ފުއާދު މަސައްކަތް ކުރައްވަނީ ވަކި ބައެއްގެ ނުފޫޒުގެ ދަށުން ކަމަށް، ދެކޮޅަށް ވޯޓު ދެއްވި މެމްބަރުން ތުހުމަތުކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
" އެ ބޭފުޅުން ބޭނުންފުޅުވަނީ އަދިވެސް ހުރިހާ އެއްޗެއް ޗެކުކުރަން ކަމަށް. ތިން މަސްދުވަސް ގާނޫނުން ދޭތީވެ،" އޭނާ ވިދާޅުވި އެވެ.
ފުއާދު ވިދާޅުވި ގޮތުގައި، ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުން ތިން މަސް ދުވަހަށް މަޑުޖައްސާލަން ވޯޓު ދެއްވީ ކޮމިޝަނަރު އަލީ ނަޝާތު އާއި މުހައްމަދު އާސިފެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވޯޓު ދެއްވީ ރަޖިސްޓްރީކުރަން ހުއްދަ ދޭން ފެންނަ ކަމަށެވެ.
ދެން ހިމެނިވަޑައިގަންނަވާ މެމްބަރު މުހައްމަދު ޒާހިރު މި ވަގުތު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާގަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ