ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިވަޑައިގެންނެވި ކަމަށް ބުނާ މައްސަލައެއް މަޖިލީހަށް ހުށަހަޅައި ބަހުސް ކުރަން ފަށައިފިއެވެ.
ނަޝީދާ ދެކޮޅަށް އިމްތިޔާޒުގެ މައްސަލައެއް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ)އެވެ. ޝަރީފު ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް ދެކޮޅު ހައްދަވައި، މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީއާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ.
"މިއަދާ ހަމައަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އިންކާރު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް ވަނީ އަރައިވަޑައިގެން، މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީއާ ހިލާފަށް ކަން އަޅުގަނޑު ފާހަގަކުރަން،" އިމްތިޔާޒުގެ މައްސަލަ ހުށަހަޅުއްވަމުން މަވޯޓާ ވިދާޅުވިއެވެ.
މަވޯޓާ ހުށަހެޅުއްވި މައްސަލަ ބަހުސް ކުރަން ބަލައިގަތީ 37 މެމްބަރުންގެ ވޯޓުންނެވެ. އެ މައްސަލަ ބަހުސް ކުރުމާ ދެކޮޅަށް 13 މެމްބަރަކު ވޯޓު ދެއްވިއެވެ.
މި މައްސަލައިގެ ބަހުސްގައި ގިނަ މެމްބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވާފައެވެ. ނިޒާމީ މައްސަލަތައް ނަގަން ފެށީ މައްސަލައިގެ ބަހުސް ފެއްޓެވުމުގެ ގޮތުން، މަވޯޓާ ހުށަހެޅި ކަމަކާ ގުޅިގެންނެވެ. އޭނާ ހުށަހެޅުއްވީ އިމްތިޔާޒުގެ މައްސަލަ މަޖިލީހުން ބަލައި ނިމެންދެން މަޖިލީހުގެ ދައުރު ދެންމުމަށެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ މައްސަލައިގެ ބަހުސްގެ ތެރެއިން، އެފަދަ ހުށަހެޅުމެއް ހުށަނޭޅޭނެ ކަމަށެވެ. ސަބަބެއް ކަމުގައި ވިދާޅުވީ މަވޯޓާ ބަހުސް ކުރައްވަން ލިޔުމުން ހުށަހެޅުއްވި މައްސަލާގައި އެފަދަ ހުށަހެޅުމެއް ނެތުމުންނެވެ.
ނަޝީދާ ދެކޮޅަށް ހުށަހެޅި މައްސަލައިގެ ބަހުސް މިއަދު މަޖިލީހުގައި އެއްކޮށް ނުނިމެނީސް، ރިޔާސަތުގައި އިންނެވި ހަސަން އަފީފު ވަނީ އެޖެންޑާގައި ހިމެނޭ އެހެންކަމަކަށް ފުރުސަތު ދެއްވާފައެެވެ. އެކަމާ ގުޅިގެން، ސަރުކާރު މެމްބަރުން ރިޔާސަތަށް ފާޑުވިދާޅުވެ، ވާހަކަފުޅު ދެއްކެވިއެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								