ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ގަޒިއްޔާއެއްގެ ޝަރީއަތް ފެށިގެން ގޮސް އެ ޝަރީއަތް ނިމުމުން ގާނޫނުގައި ބުނެފައިވާ މުއްތަށްވުރެ ފަހުން އެ މައްސަލައިގެ ހުކުމް ކުރި މައްސަލައެއްގައި ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓު ރަފީއުއްދީން އަހްމަދަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ ޝަރީއަތުގެ އަޑުއެހުންތައް ނިމުނީކަމާއި، ހުލާސާ ބަޔާން ނިމުނު ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ހުކުމް ކުރުމުގެ މަޖިލިސް ބާއްވާފައިނުވާކަމަށާއި، ހުކުމް ކޮށްފައިވަނީ ގަޒިއްޔާގެ އަޑުއެހުންތައް ނިމުނު ތާރީހުން ފެށިގެން ރަސްމީ ބަންދު ދުވަސް ނުހިމަނައި 107 ދުވަސް އަދި ރަސްމީ ބަންދު ދުވަސް ހިމަނައިގެން 157 ދުވަސް ފާއިތުވި ފަހުން ކަމަށެވެ.
ޖޭއެސްސީން ބުނީ މެޖިސްޓްރޭޓު ރަފީއްދީން އަހްމަދު އެ މައްސަލާގައި ހުކުމް ކުރުމަށް އެކަށީގެންވާ ވަގުތު ލިބުނު ނަމަވެސް، ހުކުމް ލަސް ކުރުމުގައި މެޖިސްޓްރޭޓްގެ އިހުމާލެއް އޮވެގެން ކަމަށް ތަހުގީގަށް ސާބިތުވާ ކަމަަށެވެ.
އެހެންކަމުން މެޖިސްޓްރޭޓު ރަފީއުއްދީނަށް ނަސޭހަތް ދިނުމަށް ޖޭއެސްސީން ވަނީ ނިންމައިފައެވެ.
މީގެކުރިންވެސް ރަފީއުއްދީނާ ގުޅުންހުރި އެހެން މައްސަލަތަކެއް ޖޭއެސްސީން ބަލާ ފިޔަވަޅު އަޅާފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ