ރައްޔިތުން މަޖިލީހުގައި މިހާރު ހުރި މަސައްކަތްތައް އެއްކޮށް ނިމެންދެން މަޖިލީހުގެ މިހާރު ހިނގަމުން އަންނަ ދެވަނަ ދައުރު، ދަންމާލުމަށް ހުށަހަޅައިފިއެވެ.
މިގޮތަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ޝިފާއު ވަނީ މަޖިލީހުގައި ވަރަށް ގިނަ މަސައްކަތްތައް އެބަހުރި ކަމަށެވެ.
ޝިފާއު ވިދާޅުވީ ކުރިޔަށް އޮތީ ރިޔާސީ އިންތިހާބު ކަމަށާއި އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ މައްސަލަ ވެސް މަޖިލިސް ތެރޭގައި މަޑުޖެހިފައިވާ ކަމަށެވެ.
”މިހާރު ބަހުސް ކުރެވެމުން މިދާ ރިޕޯޓާއި [ލޯފަން ކުދިންނަށް ވޯޓުލެވޭ އިސްލާހު] އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމާއި އަދިވެސް އެބަހުރި ބައިވަރު ކޮމިޝަންތަކަށް މެންބަރުން އައްޔަން ކުރުމުގެ މައްސަލަތައް، އަދި މި މަޖިލީހަށް ހުށަހެޅިފައިވާ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަކީ މުހިއްމު މައްސަލައެއް،” ޝިފާއު ވިދާޅުވިއެވެ.
ފަންސާހަށްވުރެ ގިނަ މެންބަރުންގެ ސޮއިއާއެކު މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިން “ފިލަން” ދުވަމުންދާ ކަމަށް ޝިފާއު ވިދާޅުވިއެވެ.
”މި ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ހަވާލުކޮށްފައި އޮތް ޒިންމާ އަދާނުކޮށް ޗުއްޓީއަކަށް ނުދެވޭނެ. ރައްޔިތުން މަޖިލީހުގެ އެއްވެސް މެންބަރަކަށް ނުފިލޭނެ،” ޝިފާއު ވިދާޅުވިއެވެ.
މަޖިލީހުހެ އިދާރާ އަށް މަޖިލިސް ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ އިތުރުން ފޮރިން މިނިސްޓަރު ޝާހިދު އާއި ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ވަނީ ހުށަހަޅައިފައެވެ.
”އަޅުގަނޑުގެ ހުށަހެޅުމަކީ މަޖިލިސް ޗުއްޓީ އަަށް ދާންވާނީ މިހިރަ މިހިރަ ކަންކަމަށް ގޮތް ނިންމާފައޭ،” ޝިފާއު ވިދާޅުވިއެވެ.
ޝިފާއުގެ ހުށަހެޅުމަަށް ތާއީދު ކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ