މަޖިލީހުގެ ރިޔާސަތު ބަހަލަހައްޓަވަނިކޮށް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެސް ނުކުޅުއްވާ ކަމަށާއި ރިޔާސަތުގައި އިންނަވަނިކޮށް، މިދިޔަ ބުދަ ދުވަހު އޭނާއަށް ގުޅުންވީ ރައްޓެއްސެއް ކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.
ރިޔާސަތުގައި އިންނަވައި، ފޯނު ކޯލަކަށް ޖަވާބު ދެއްވައި "މި ނިންމާލަނީ" ކަމަށް ވިދާޅުވެ، އަފީފު ވާހަކަފުޅު ދެއްކެވި މަޖިލީހުގެ މައިކު މެދުވެރިކޮށް މައިކުން އިވިގެންދިޔައެވެ. އެހެން ދުވަސް ތަކުގެ ޖަލްސާތަކެކޭ އެއްގޮތަށް އެ ދުވަހުގެ ޖަލްސާގައި ވެސް ނިޒާމު އޮތީ ގެއްލިފައެވެ. މަޖިލީސް ހުއްޓުވުމަށް ދަ ޑިމޮކްރެޓްސްގެ މެމްބަރުން މަސައްކަތްކުރައްވަމުން ގެންދަވަނިކޮށް އަފީފަށް ފޯނު ކޯލެއް އައިސްގެން އެ ފޯނު ނަންގަވާ މަންޒަރު މަޖިލީހުގެ ލައިވް ފީޑުން ފެނެއެވެ.
މައިކް އޮފް ނުކޮށް އިނުމުން އަފީފަށް ވާހަކަ ދެކެވުނީ އޮން ރިކޯޑުގައެވެ. "މި ނިންމާލަނީ… މި ނިންމާލަނީ… މި ނިންމާލަނީ.،" މިފަދައިން އަފީފް ވިދާޅުވި އަޑު ސާފުކޮށް އިވުނެވެ. އަދި އެއަށްފަހު އަފީފް ވަނީ މަޖިލީހުގެ ނިޒާމު ގެއްލިފައިވާ ކަމަށް ބުނެ މަޖިލިސް ޖަލްސާ ނިންމާލައިފައެވެ.
އަފީފު ޖަލްސާ ނިންމަވާލެއްވީ ރައީސް މުހައްމަދު ނަޝީދުގެ އަންގަވައިގެން ކަމަށާއި އަފީފަށް ގުޅުއްވީ ނަޝީދު ކަމަށް ބުނެ އަޑުތަކެއް އޮތީ އަރާފައެވެ. މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފް، އެ ފޯން ކޯލާ ގުޅުވައި ވާހަކަ ދެއްކެވުމުން އަފީފް ވަނީ އެއަށް ޖަވާބު ދެއްވާފައެެވެ.
"ރައީސުލްޖުމްހޫރިއްޔާ ވެސް މަޖިލީހުގެ ރައީސެއްވެސް އެ ދުވަހު އަޅުގަނޑަށް ނުގުޅުއްވާ. އަޅުގަނޑުގެ އެހެން ރައްޓެއްސަކު ގުޅުއްވީމަ އޭރު އަޅުގަނޑު ނިންމާލަން ދަނީ. އަޅުގަނޑު މިހާރު ޖަލްސާ ނިންމަލަނީ އޭ އެހެން ބުނީ." މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި އަފީފު ވިދާޅުވިއެވެ.
އަފީފު އެހެން ވިދާޅުވި ވަގުތު މަޖިލީހުގައި ފޯނު ކުރުން މަނާކަމެއް ކަމަށް މެމްބަރަކު ވިދާޅުވަމުން ގެންދަވާ އަޑުއިވެއެވެ.
"އިއްޒަތްތެރި މެމްބަރު ފޯނުން ވާހަކަ ދައްކަވާއިރު އެނގިވަޑައިނުގަންނަވާ މަނާ ކަމެއް،" އަފީފް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ