އެމްޑީޕީން ވަކިވެވަޑައިނުގެން، އެ ޕާޓީގައި ހުންނެވީ "މުޅި އެމްޑީޕީ" އަލަށް އުފައްދަވާ "ދަ ޑިމޮކްރެސްޓް"ގެ ތެރެއަށް ގެނައުމުގެ ނިޔަތުގައި ކަމަށް އެމްޑީޕީގެ ރައީސް، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޕްރައިމަރީން ބަލިވިތާ، ހަތަރު މަހާއި 22 ދުވަސް ފަހުން، ނޫސްވެރިންނާ ބައްދަލު ކުރައްވައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ މުޅި އެމްޑީޕީ، ޑިމޮކްރެޓްސްއަށް ބަދަލު ކުރުމުގެ މަސައްކަތް ސެޕްޓެމްބަރު 9ގެ ފަހުން ހިނގާނެ ކަމަށެވެ. ސެޕްޓެމްބަރު 9 ވަނަ ދުވަހަކީ ރިޔާސީ އިންތިހާބު ބާއްވާ ދުވަހެވެ.
"އަޅުގަނޑު އެމްޑީޕީ ދޫކޮށްނުލާ މި ހުންނަނީ މި ޕާޓީ ޑިމޮކްރެސްޓްގެ ތެރެއަށް، މުޅި އެމްޑީޕީ ގެނައުމުގެ ނިޔަތުގައި. އަޅުގަނޑު ދެންމެވެސް ދަންނަވައިފިން އެ މަސައްކަތް ހިނގާނެއޭ ސެޕްޓެމްބަރު 9ގެ ފަހުން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިއަދު ވިދާޅުވީ އެމްޑީޕީ އަލުން އަބުރާ ހޯއްދަވާނެ ކަމަށެވެ.
ރައީސް އިބްރާޙިމް މުހައްމަދު ސާލިހާ ވާދަ ކުރައްވައި، 39 ޕަސެންޓު ވޯޓުން ނާކާމިޔާބުވެވަޑައިގެންނެވި ފަހުން، ނަޝީދު ގެންދަވަނީ އެމަނިކުފާނު ކުރިން ވިދާޅުވި ހުރިހާ ވާހަކަތަކާ ދިމާ އިދިކޮޅަށް ވާހަކަ ދައްކަވަމުންނެވެ، ޕްރައިމަރީގެ ނަތީޖާ ގަބޫލު ނުކުރައްވައި، އޭނާއާ ތާއިދުކުރާ މަޖިލީހުގެ 13 މެމްބަރަކާ އެކު "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ