ރައްޔިތުން މަޖިލީހަކީ އަލަށް އުފައްދަން މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް އެއާ ޓައިމް ދޭ ތަނަކަށް ވެގެން ނުވާނެ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަނދުން ހުސައިން ވިދާޅުވީ މަޖިލީހުގެ މަސައްކަތްތަކަކީ ހަމައެކަނި ތަޅުމުގައި ބަހުސް ކޮށްލުން ނޫން ކަމަށާއި މަޖިލީހުގެ ކޮމެޓީތަކުގައި މަސައްކަތްތައް ކުރެވެން ވާނެ ކަމަށެވެ.
އަދި ރަޖިސްޓްރީ ވެސް ނުވާ ޕާޓީއެއްގެ މެންބަރުންތަކަކަށް މަޖިލީހުގައި ވާހަކަ ދެއްކުމަށް ގިނަ ވަގުތު ދެވިގެން ދާތީ އަނދުން ހުސައިންގެ ވާހަކަފުޅުގައި ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.
އޭނާގެ ވާހަކަފުޅުގައި މަޖިލީހުގެ އިމްތިޔާޒު ގެއްލިފައިވާ ކަމަށް ވިދާޅުވިއެވެ. އެކަމުގެ ތަފްސީލް ދެއްވަމުން އޭނާ ވިދާޅުވީ މަޖިލީހުގެ ކޮމެޓީތައް މަސައްކަތް ނުކުރާ ކަމަށާއި ހަމައެކަނި އޮތީ އޮނިގަނޑެއް ކަމަށެވެ.
ކޮމެޓީތައް މަސައްކަތް ނުކުރާ ހާލަތެއްގައި މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ދިއުމަކީ މަޖިލީހުގެ މަސައްކަތްތަކުގެ ބައެއް ކުރިޔަށް ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.
”ރައްޔިތުން މަޖިލީހުގެ ރައީސް އެވަނީ ގާނޫނުއަސާސީގެ 82ވަނަ މާއްދާއާ ހިލާފުވެފައި، ބޮޑުތަނުން. ބޮޑުތަނުން ހިލާފުވެފައި. މަޖިލީހުގެ ރައީސް ވަނީ ގާނޫނުއަސާސީގެ 82ވަނަ މާއްދާގެ (ބ) އަދި (ޅ)އާ ހިލާފުވެ، އޭގެ ދަށުން އުފެދިފައިވާ މަޖިލީހުގެ ގަވާއިދުގެ 205ވަނަ މާއްދާގެ (ހ) ގެ ހުރިހާ އަކުރަކާއި ހިލާފުވެފައި،” އަނދުން ހުސައިން ވިދާޅުވިއެވެ.
ނަޝީދާ ދެކޮޅަށް އިމްތިޔާޒުގެ މައްސަލައެއް މަޖިލީހަށް ވަނީ މިއަދު ހުށަހަޅުއްވާފައެވެ. އެ މައްސަލަ ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ)އެވެ. އަނދުން ހުސެއިން ވިދާޅުވި އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭ ކަމަށާއި އެ މައްސަަލަ ނިމެންދެން މަޖިލީހުގެ ދައުރު ދައްމާލަން ޖެހޭ ކަމަށެވެ.
މީގެއިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައި ނުގަންނަވާތީ ވެސް އަނދުން ހުސައިން ކަންބޮޑުވުންފާޅު ކުރެއްވިއެވެ. ރިޔާސަތުގައި އިންނަވަން އުޒުރުވެރިވާ ކަމަށްވާ ނަމަ، މަޖިލީހުގެ ރައީސަށް މަޖިލީހުން ލިބިވަޑައިގަންނަވާ އިނާޔަތްތަކުގެ ބޭނުން ހިފޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
 
		 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								