ސަލާމަތީ ސަބަބުތަކަށްޓަކައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިހާރު ދިރިއުޅުއްވުމަށް ދައުލަތުން ހަމަޖައްސަވާފައިވާ ގެކޮޅު ކަމަށްވާ މުރައިދޫ ގެއިން، އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ހަމަވާ ދުވަހު ނިކުންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ނަޝީދަށް ހާއްސަކޮށް ވަކި ގެކޮޅެއް ހަމަޖައްސާފައި މިވަނީ އެމަނިކުފާނަށް އަމާޒުކޮށް 2021ވަނަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެންނެވެ.
އެ ހަމަލާއާ ގުޅިގެން ގާނޫނު ހެދުމުގެ ބާރުގެ ވެރިޔާއާ ގާނޫނު ތަންފީޒު ކުރާ ބާރުގެ ވެރިޔާއަށް ދައުލަތުން ގެކޮޅު ހަމަޖައްސަން ވަނީ ނިންމައިފައެވެ.
މަޖިލިސް އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި “ހަތާވީސް” އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ މުރައިދޫ ގޭގައި ހުންނެވުމަކީ އެމަނިކުފާނު އެއްގޮތަކަށް ވެސް ކުރާ ހިތްވާ ކަމެއް ނޫން ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ މާލޭގައި ދިރި ނޫޅެވޭނެ ވަރުގެ ބޭފުޅެއް ނޫން ކަމަށާއި އަމިއްލަފުޅު ގެކޮޅު ކެނެރީގެއަށް ބަދަލުވެވޭނެ ގޮތްްވުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
“އަޅުގަނޑުގެ ނޯޓިސް އަށް 14 ދުވަސްވާއިރު އަޅުގަނޑު މުރައިދޫ ގެއިން ދާނަން،” ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސެކިއުރިޓީ ބަލަހައްޓާނެތޯ ނުވަތަ ނޫންތޯ އެއީ ފަރުވާލެއް ބަހައްޓަވާ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ