ޕީޕީއެމްގެ ސެނެޓް މެންބަރުކަމުން ވަކިވި އަހުމަދު ގާލިބު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް މިއަދު ސޮއި ކުރައްވައިފިއެވެ.
ޕީޕީއެމްގައި ސިޔާސީ އުންމީދެއް ނެތް ކަމަށް ވިދާޅުވެ، މި މަހުގެ ކުރީކޮޅު އެ ޕާޓީން ވަކިވި ގާލިބު އެމްޑީޕީއާ ގުޅުނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާ އެކު، ސޯލްޓް ކެފޭ ހިންގާ އިމާރާތުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު ގާލިބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާއިލާ އާއި އޭނާގެ އުފަން ރަށް، ހއ. ވަށަވަރުގެ އެކުވެރިންގެ ތެރެއިން މާލޭގައި ދިރިއުޅޭ އެކުވެރިން އެމްޑީޕީއާ މިއަދު ގުޅިފައިވާ ކަމަށެވެ. މިކަމުން އެނގެނީ ރިޔާސީ އިންތިހާބަށް ވަށަފަރާއި ކެލާ ދާއިރާ ވަރުގަދަވެގެންދާނެ ކަމުގެ ފެށުމެއް ކަމުގައި ގާލިބު ވިދާޅުވެފައިވެއެވެ.
https://twitter.com/ahmedghaalib/status/1670796870778593285?s=46&t=xapWNGbbfBd0uN9xb5fzNA
”ރައީސް އިބްރާހިމް ސޯލިހު ވަނީ ވައުދުތައް ފުއްދައިދޭ ލީޑަރެއްގެ ގޮތުގައި ސާބިތުކޮށްދީފަ. ދެވަނަ ދައުރަކަށް އެމަނިކުފާނު އަލުން އިންތިހާބުކޮށް، ރާއްޖެއަށް ރަނގަޅު މުސްތަގުބަލަކަށް މަސައްކަތް ކުރަމުން ގެންދަމާ،”ގާލިބު ވިދާޅުވެފައިވެއެވެ.
ގާލިބު އެމްޑީޕީއާ ގުޅުނު ރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ