ސްޓެލްކޯ އިން ދޭ ހިދުމަތްތަކުގެ ވާހަކަ އަބަދު ނުދެއްކި ނަމަވެސް، ސްޓެލްކޯ އަކީ އެކުންފުނިން ދޭ ހިދުމަތުގެ ދެވަނަ އެއް ނެތް ކުންފުންޏެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ކުންފުނީގެ 26 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ރޭ ވިދާޅުވީ ސްޓެލްކޯއިން ދޭ ހިދުމަތާއި އެއްވަރު ކުރެވޭނެ ހިދުމަތެއް ދޭނެ ކުންފުންޏެއް އަދި ވުޖޫދަށް ނާންނަ ކަމަށެވެ.
ހަމައެކަނި ކަރަންޓު ފޯރުކޮށް ދިނުމަށް އުފެއްދި ސްޓެލްކޯ އިން މިއަދު ކަރަންޓުގެ ހިދުމަތުގެ އިތުރުން، ފެނުގެ ހިދުމަތާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދެމުން އަންނަ ކަމަަށް ޝަރީފްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
“އެހެން ނަމަވެސް މިހާރު ފެނާއި ނަރުދަމާގެ ހިދުމަތްދޭ އެހެން ކުންފުނިތަކާއި އެއްވަރުގެ ހުނަރުވެރި ގާބިލް މުވައްޒަފުންތަކެއް އަޅުގަނޑުމެންނަށް ސްޓެލްކޯގައި އުފެއްދިފައި އެބަތިބި،” ޝަރީފް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ޝަރީފް ވަނީ ރައްޔިތުންނަށް ބޮޑު ޔަގީން ކަމެއް ދެއްވައިފައެވެ. އެއީ ބައެއް ފަހަރުތަކުގައި އާއްމުންގެ ފަރާތުން ސްޓެލްކޯ އަށް މަދުން ނަމަވެސް އަންނަ ފާޑު ކިޔުމެކެވެ.
”ތިބޭފުޅުން ބޭނުން ނުކުރައްވާ ކަރަންޓަކަށް ބިލެއް ނުކުރާނަން. އަދި މިހާތަނަށް ވެސް ކޮށްފައިއެއް ނެތް. ކުރިމަގުގައިވެސް ނުކުރާނަން،” ޝަރީފް ވިދާޅުވިއެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								