ފާއިތުވި ތިން ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވައި، މަޝްވަރާ ކުރެއްވީ މަޖިލީސް އަލުން ހިނގައިގަންނާގޮތުގެ މަޝްވަރާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދި ހިސާބުން ފެށިގެން މަޖިލީހުގެ މަސައްކަތްތައް އޮންނަނީ ހުއްޓިފައެވެ. އެ ދެބޭފުޅުންވެސް ވަނީ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެވަޑައިގެންފައެވެ. ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ އަފީފް ވަނީ އިއްޔެގެ ޖަލްސާއަށް ފަހު ވަނީ ރައީސް ސޯލިހާ ބައްދަލުކުރައްވާފައެެވެ.
އަފީފް ރައީސް ސޯލިހާ ބައްދަލުކުރެއްވުމާއި ގުޅޭ ގޮތުން ރައީސްގެ ތަރުޖަމާނު މިއުވާން މުހައްމަދު "ހަތާވީސް" އަށް ވިދާޅުވީ ދައުލަތުގެ ތިންބާރު ހިނގާތޯ ބެލުމަކިީ ރައީސްގެ ޒިންމާއަކަށްވާއިިރު މަޖިލީސް ހުއްޓިފައި އޮތުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
"މަޖިލީސް ހުއްޓިފައި އޮތުމަކީ ގާނޫނު އަސާސީންވެސް ތަންދޭ ކަމެއް ނޫން. އެހެންވެ އެކަމުގެ މަޝްވަރާ އިއްޔެ އަފީފާއެކު ކުރިއަށް ދިޔަ" މިއުވާން ވިދާޅުވިއެވެ.
ރައީސް އަފީފްއާ ބައްދަލުކުރައްވާފައިވާއިރު މަޖިލީހުގެ މަރުތަޅު ފިލުވައިދޭން ނަޝީދު ވަނީ ރައީސް ސޯލިހު އަރިހުން އެދިވަޑައިގެންފައެވެ. އިއްޔެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު، ރައީސް އަރިހުން އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނެންގެވުމަށެވެ. ނަޝީދު ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމާ ދެކޮޅު ހެއްދެވުމުން މިއަދު ޖަލްސާ ބާއްވާފައެއް ނުވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ