ހުޅުމާލެ ދެ ވަނަ ފިޔަވައްސަށް އަރާ ބްރިޖެއް ކައިރީގައި ދެ ކާރެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ މިއަދުގެ އިރުއޮއްސުނު ވަގުތުއެވެ. ފުލުހުން ބުނީ ހުޅުމާލެ ފޭސް އެކެއްގެ ހިތިގަސްމަދު، ޕްލެޓިނަމް ރެސިޑެންސް ކައިރީގައި ދެ ކާރެއް ޖެހި، އެތަނުން އެއްކާރު ކޮންޓްރޯލުން ނުވެ ގޮސް މަގުމަތީގައި ބަހައްޓާގައި ހުރި ޑިވައިޑަރުތަކެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓު މިއަދުގެ 17:47 ހާއިރު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެ، ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. އަދި އެތަނުން އެކަކު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ބުންޏެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ޓެކްސީ ޑްރައިވަރެކެވެ.
ފުލުހުން ބުނީ ނިޔާވި މީހާ ދުއްވަން އިން ކާރުގައި އިނީ އޭނާ އެކަނި ކަމަށެވެ. އެމީހާ އަކީ 65 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އަނިޔާވި އަނެއް ދެ މީހުންނަކީ އެ އެކްސިޑެންޓުވި އަނެއް ކާރުގައި އިން ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ. އެ ކާރަކީ ޕްރައިވެޓް ކާރެކެވެ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ