ހިދުމަތުގައި ތިބި ސިފައިންނަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި 138 ހައުސިން ޔުނިޓު މިއަހަރުގެ ތެރޭގައި އަޅަން ފަށާނެ ކަމަށް ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދިވެހި ސިފައިން 131ވަނަ އަހަރީ ދުވަހާއި ގުޅިގެން މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސިފައިންގެ ވެލްފެއާ ކަންތައް އިތުރަށް ހަރުދަނާ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން މިވަގުތުވެސް އެންމެ ބޮޑު އިސްކަމެއް މިދެނީ ސިފައިންގެ ބޯހިޔާވަހިކަމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ހުޅުމާލޭގައި ހަދާ ސިފްކޯ ހިޔާ އިމާރާތްތަކުގެ މަސައްކަތް ހުއްޓިފައި ހުންނަތާ ގިނަ ދުވަސްތަކެއް ވުމަށް ފަހު، އެ އިމާރާތްތައް ނިންމުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަން ވަނީ ފާހަގަކުރައްވާފައެވެ.
"ހިދުމަތުގައި ތިއްބަވާ ސިފައިންގެ ބޯހިޔާވަހިކަމަށްޓަކައި، ހުޅުމާލޭ ފޭސް 2 ގައި ވެސް، 138 ޔުނިޓްގެ އިމާރާތެއް ބިނާކުރަން މިހާރުވަނީ ނިންމާފައި. އެ އިމާރާތުގެ މަސައްކަތް ވެސް އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ. އަދި ކަޅުތުއްކަލާ ކޮށީގައިވެސް، ސިފައިންގެ އެކޮމޮޑޭޝަންގެ ގޮތުގައި 480 މީހުންގެ ޖާގައިގެ އިމާރާތަކާއި 100 މީހުންގެ ޖާގައިގެ އިމާރާތެއް އެޅުމަށް އިރާދަކުރެއްވިއްޔާ މިއަހަރު ބިޑްކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން މިހާރު ކުރަމުން އަންނަ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެ މުސާރައަށް ވެސް، ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
"ޕޭ ކޮމިޝަނުން މިހާރު އެ އަންނަނީ އެކަމާ ބެހޭ ދިރާސާތައް ކުރަމުން،" ސަލާމަތީ ބާރުތަކުގެ މުސާރައާ ގުޅޭ ގޮތުން ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެފަދަ ހުރިހާ ކަމަކީ ވެސް ސިފައިންގެ އޮޕަރޭޝަނަލް ގާބިލުކަމާވެސް ގުޅިފައިވާ ކަންކަން ކަމަށެވެ. އެފަދަ ކިތަންމެ ކަމެއް މިހާރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކ. ސިފަވަރުގައި ހަދާ އެކަތަ ބަނދަރަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.
"ރާއްޖޭގެ ތަރައްގީގެ އެހެން މަޝްރޫއުތަކާއެކު ސިފައިންގެ ހިދުމަތުގެ އޮނިގަނޑަށް ވެސް ބަދަލުތަކެއް އެބަ ގެންނަން. ހދ.ހަނިމަދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމޭއިރު، އެސަރަޙައްދުގެ އިގްތިސޯދު ހަރަކާތްތައް އިތުރުވެގެންދާނެ. އެކަމަށްޓަކައި އަޅުގަނޑުމެން ނިންމީ ޅ. މާފިލާފުށީގައި މިހާރު ހިންގާ އެމް.އެން.ޑީ.އެފް ނޮދަން އޭރިއާގެ ހެޑްކުއޯޓަރު، ހދ. ހަނިމާދުއަށް ބަދަލުކުރަން. އެ ހެޑްކުއޯޓާރު އެޅުމުގެ މަޝްރޫއު މިހާރުވަނީ ކޮންޓްރެކްޓަރާ ހަވާލުކޮށްފައި،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސިފައިންގެ އޮޕަރޭޝަނަލް އަދި ލޮޖިސްޓިކްސް ގާބިލުކަން އިތުރުކުރުމަށްޓަކައި، ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ތަރައްގީއަށްޓަކައި ކުރި ގިނަ މަސައްކަތްތަކުން، ދިވެހި ސިފައިންގެ ގާބިލުކަން މީގެ ކުރިން އިތުރުކުރެވިފައި ނުވާހާ މަތީ މިންވަރަކަށް އިތުރުކުރެވިފައިވާ ކަމަށެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								