ދަރިފުޅުގެ ޚަރަދަށް ދެ ލައްކަ ރުފިޔާ ނުދައްކާ ހުރި ބައްޕައެއްގެ މައްޗަށް އެ ފައިސާ ދޭން އަންގައި އަދި ނުދައްކައިފިނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ކޯޓުން ދީފިއެވެ.
ށ. އަތޮޅު ރަށެއްގެ ފިރިހެނަކާއި އެ ރަށު އަންހެނަކު ކައިވެނިކޮށްގެން ލިބުނު ދަރިފުޅުގެ ހަރަދު ދައްކަން 2014 ވަނަ އަހަރުން ފެށިގެން އެކިފަހަރު މަތިން ކޯޓުން އަންގަމުން ދިޔަ ނަމަވެސް އެއްވެސް ފައިސާއެއް ފިރިހެން މީހާ ނުދައްކައެވެ. އެ މީހާ ފައިސާ ނުދައްކާތީ 2018 ވަނަ އަހަރު ގޭ ބަންދުކުރިއެވެ.
ދަރީގެ ހަރަދަށް ދެ ލައްކަ ރުފިޔާ ނުދައްކާ އެބަހުއްޓެވެ. މަންމަގެ ފަރާތުން އެ މައްސަލަ ހުށަހެޅުމުން މިފަހަރު ކޯޓުން ބެލިއިރު އޭނާގެ ބޭންކް އެކައުންޓެއް ނެތެވެ. އަދި ދާއިމީ އެޑްރެސްގައި އޭނާ ނޫޅޭތީ ކޯޓަށް ހާޒިރެއް ނުކުރެވެއެވެ.
ހދ. އަތޮޅު ކޯޓަކުން އެ މީހާގެ އައިރު ހާޒިރުގައި މިދިޔަ ހަފުތާގައި ހުކުމްކުރީ ތިން މަސް ތެރޭގައި އެ ފައިސާ ދެއްކުމަށެވެ. ފައިސާ ނުދައްކައިފިނަމަ އެ މީހާއަށް ފިޔަވަޅު އަޅާނެ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި