މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައި ދިނުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަސައްކަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި އަދި ފްލެޓު ލިބޭ މީހުންގެ ލިސްޓު މިމަހު އިއުލާނު ކުރާނެ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު "ހަތާވީސް" އަށް ވިދާޅުވީ ކުރިންވެސް އެ މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތަށް، ގޯއްޗާއި ފްލެޓު ލިބޭ މީހުންގެ ލިސްޓު މިމަސް ނިމުމުގެ ކުރިން އިއުލާނު ކުރާނެ ކަމަށާއި އެ ނިންމުމަށް ބަދަލެއް ނާންނަ ކަމަށެވެ. އިތުރު ތަފްސީލެއް އެކަމާއި ގުޅޭ ގޮތުން ހާމައެއް ނުކުރައްވައެވެ.
ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ ޖޫން މަހުގެ 26ވަނަ ދުވަހުއެވެ. ސަރުކާރުން ހުޅުވާލީ މާލެ ސަރަހައްދުން 3،000 ގޯއްޗާއި 4،000 ފްލެޓަށް ކުރިމަތިލާށެވެ.
މާލެ ރައްޔިތުންނަށް 3،000 ގޯތި ދޫކުރާނީ ގުޅީފަޅާއި ހުޅުމާލެ އިންނެވެ. ސަރުކާރުން މި ސްކީމު ކުރިޔަށް ގެންދިއުމަށް ނިންމާފައި ވަނީ ހަ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އޭގެތެރޭގައި މާލޭގެ ރައްޔިތުންގެ ތެރެއިން އަމިއްލަ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ބިމެއް ނެތް މީހުންނާއި 600 އަކަފޫޓަށްވުރެ ކުޑަ ބިން ކޮޅެއް ވާރުތަވާން އޮތް މީހުންނާއި 1،000 އަކަފުޓާއި 600 އަކަފޫޓާއި ދެމެދުގެ އަދަދެއްގެ ބިމެއް ވާރުތަވާން އޮތް މީހުން ހިމެނެއެވެ.
އެ ސްކީމަށް ވަކި ފަރުދެއްގެ ހައިސިއްޔަތުން ނުވަތަ އާއިލީ މެންބަރުންނާއި ގުޅިގެން ވެސް އެ ސްކީމަށް ހުށަހެޅިދާނެއެވެ.
ސަރުކާރުން ދޫކުރާ ގޯތިތަކުގެ އެންމެ ކުޑަ މިންވަރަކީ 1،225 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ އެޕްލިކޭޝަނުން ހޮވޭ ފަރާތްތަކަށް އެކަކަށް ވުރެ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވޭނެއެވެ. އެންމެ ބޮޑުކޮށް ވެސް ދޫކުރެވޭނީ 4،000 އަކަފޫޓާ ހަމައަށެވެ.
ސުންގަޑި ހަމަވިއިރު ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 35,861 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ