ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންވާހާ ގޮތަކަށް މަޖިލީސް ނުހިންގޭނެ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) މިއަދު ވިދާޅުވެއްޖެއެވެ.
ދެ ދުވަހުގެ މެދުކެނޑުމަކަށް ފަހު މަޖިލީސް އަލުން ހިނގައިގަނެ މިއަދު ކުރިއަށްދާ ޖަލްސާގައި އަނދުން ހުސެއިން ވިދާޅުވީ ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ އިހްތިޔާރީ ކަމެއްގެ ގޮތުގައި ކަމަށެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން ގާނޫނު އަސާސީއާ ގާނުނު އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުން ރައީސަށް ލާޒިމްކޮށްފައިވާ ކަންކަމަކީ އިހްތިޔާރީކަންކަމުގެ ގޮތުގައި ދެކިވަޑައިގެން ހިތުހުރި ދުވަހަކުން ޖަލްސާއަށް އަރާވަޑައިގެން ހިތުހުރި ދުވަހެއްގައި ޖަލްސާ ބާއްވާ އެހެން މަޖިލީސް ކުރިއަށް ގެންދެވިދާނެ ކަމަށް" އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް އީވާގެ މައްސަލަ ހުށަހެޅިފައި އެއް ފަހަރާ ނޫންކަން ފާހަގަކުރައްވަމުން އަނދުން ހުސެއިން ވިދާޅުވީ ރިޔާސަތުގައި ހުންނަވާ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންގޮސް އެހެން ނައިބު ރައީސަކު އައްޔަން ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ. ނަމަވެސް އެކަން ކޮށްފައިނުވާތީވެ އޭނާ ވަނީ ރައީސް ނަޝީދަށް ފާޑުވިދާޅުވެފައެވެ.
މިއަދުގެ ޖަލްސާގައި އެޖެންޑާކޮށްފައިވަނި ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ނިސްބަތަށް ގެނެވޭ ބަދަލ މެދު ބަހުސް ކުރުމަށެވެ. އެކަމަކު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަހުމަދު އަސްލަމް ހުށަހެޅުއްވީ ދައުރުގެ ބޭރުން ޖަލްސާއެއް މިއަދު ބޭއްވުމަށެވެ. ބަހުސްގައި އަނދުން ހުސެއިންވެސް ވަނީ އެކަމަށް ތާއިދުކުރައްވާފައެވެ.
ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް