ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، މިމަހުގެ ދެވަނަ ދުވަހު ދިނުމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާނޭ ކަމަށާއި އަދި އެކަން، ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ ސީވީޑް ހަސަން ލަތީފަށް ދަންނަވާފައި ވާނެ ކަމަށެވެ.
ޑިމޮކްރެޓުން އުފެއްދުމަށް ހުއްދަ ދިނުމަށް އީސީން ނިންމާފައި މިވަނީ އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާއި ގުޅޭ ގޮތުން އީސީން ބާއްވަން ޖެހޭ ޖަލްސާ ނުބޭއްވި އެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ދެ ޖަލްސާއެއް ބާއްވަން މަސައްކަތް ކުރިއިރު އެތަނުން އެއް ޖަލްސާ އަށް ކޮމިޝަނުގެ ދެ މެންބަރަކު ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.
https://twitter.com/IsmailHabeeb/status/1672861112340205570?s=20
އީސީ އަށް ޖަލްސާ ބޭއްވުނު ދުވަހު ވެސް އެ ކޮމިޝަނުގައި ނެގި ވޯޓުން ޑިމޮކްރެޓުން އުފެއްދުމުގެ ހުއްދަ ދޭކަށް ފާހެއް ނުވިއެވެ.
ނަމަވެސް ޑިމޮކްރެޓުން ވަނީ އިލެކްޝަނުން ހުއްދަ ނުދިން ނަމަވެސް، ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެ ޕާޓީން މަސައްކަތްތައް ފަށާނެކަން އިއުލާނު ކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ