ޕީޕީއެމް ޕީއެންސީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން ކަންމަތީ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއެކު އަންނަނީ މަޝްވަރާ ކުރަމުންނެވެ.
އެގޮތުން މިއަދުވެސް މަޝްވަރާ ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ.
އެ ބައްދަލުވުމުގައި ޑިމޮކްރެޓުންގެ ފަރާތުން އާޒިމްގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވެސް ބައިވެރިވެވަޑައިގަންނަވައެވެ. ޕީޕީއެމް/ޕީއެންސީގެ ފަރާތުން އެ ބައްދަލުވުންތަކުުގައި ޝިޔާމްގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގު (ޓޮމް) އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއުއެވެ.
މިއަދުގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަދައްކަވަމުން ޝިޔާމް އަދި އަލީ އާޒިމް ވަނީ އެ ދެ ޕާޓީން އެކުވެ ކުރާ މަސައްކަތަކީ މިހާރު އޮތް ސަރުކާރު ރިޔާސީ އިންތިހާބުގައި ބަލި ކުރުން ކަމަށް ވިދާޅުވެފައެވެ.
އަލީ އާޒިމް ވިދާޅުވީ ކޮންމެ ބައްދަލުވުމެއްގައި ވެސް ވަކި ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އަންނަ މަހުގެ ތިންވަނަ ދުވަހު، ދެޕާޓީ އެކުވެގެން ބާއްވާ ކަންމަތީ ޖަލްސާއެއް އޮންނާނެ ކަމަށެވެ.
ނަމަވެސް އެ ޖަލްސާ ބާއްވާނެ ވަކި ތަނެއް އާޒިމް ވެސް އަދި ޝިޔާމް ވެސް ވިދާޅެއްނުވެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވަނީ ދެޕާޓީން ބާއްވާ ހަރުގެ ޖަލްސާތަކުގައި ވެސް ކުރިޔަށް އޮތް ތަނުގައި ދެ ޕާޓީގެ އިސް ބޭފުޅުން ފެނިގެން ދާނެ ކަމަށް ވިދާޅުވެފައެވެ.
މި ދެޕާޓީން މިހާރުވެސް މަޖިލިސް ތެރޭގައި އަންނަނީ ގިނަ ކަންކަމުގައި އެކުގައި މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ވެސް މި ދެޕާޓީން އަންނަނީ އެކުގައި މަސައްކަތް ކުރަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ