ގުޅީފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަދު ފައްޓަވަން ނިންމަވައިފިއެވެ.
ޕްލޭނިން މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ސައީދު "ހަތާވީސް" އަށް ވިދާޅުވީ އެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.
ގުޅީފަޅުގެ ދެ ވަނަ ފިޔަވަހި ހިއްކުން ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެވެ. ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާގެ އެ މަޝްރޫއު ބޮސްކާލިސްއާ ހަވާލުކުރީ މި އަހަރުގެ ޖެނުއަރީ މަހުއެވެ.
ސަރުކާރުން ބުނެފައިވާ ގޮތުން ގުޅީފަޅުގެ ދެވަނަ ފިޔަވަހި ހާއްސަކުރަނީ ސަރަހައްދީ ބަނދަރަކަށެވެ.
ދެހާސްދިހަ ވަނަ އަހަރު ގުޅީފަޅުގެ ފުރަތަމަ ފިޔަވަހިވެސް ހިއްކީ ބޮސްކާލިސް އިންނެވެ. އެކުންފުނިން ވަނީ 2019 ވަނަ އަހަރު ގުޅީފަޅުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ގުޅޭ މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ.
ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު ގުޅީފަޅާ ގުޅުވާލުމަށް ނިންމާފައިވާ ސަރަޙައްދުވެސް ބޮސްކާލިސް އިން ހިއްކާފައިވެއެވެ.
ޕްލޭނިން މިނިސްޓްރީން ބުނެފައިވާ ގޮތުން ގުޅީފަޅު ދެވަނަ ފިޔަވަހި ހިއްކުމަށް 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި ފަޅަށް އަޅާނެއެވެ. ހިއްކާ ސަރަޙައްދު ވަށައިގެން ބޮޑުހިލައިގެ ރިވެޓްމަންޓްވެސް ޖަހާނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ