ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އެތައް މިލިއަން ރުފިޔާއަކަށް ހިޔާންތެރިވި ކަމަށް ބުނެ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ގެ މައްޗަށް ކުރާ ތުހުމަތުތައް އޭނާ ދޮގު ކުރައްވައިފިއެވެ.
ރާއްޖޭގެ ބައެއް އޮންލައިން މީޑިއާތަކުގައި ވަނީ އާރްޑީސީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ)ގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށެވެ.
އެކަން އެންމެ ފުރަތަމަ ސަމާލު ކަމަށް އައީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އަށް ކަމަށާއި ފުލުހުންގެ ސަމާލުކަމަށް އެކަން ގެނައީ އެ ޔުނިޓުން ކަމަށް ވެސް ބައެއް ނޫސްތަކު ރިޕޯޓު ކޮށްފައިވެއެވެ.
އާރްޑީސީގެ ސީއެފްއޯ އަކަށް ހުންނެވީ ޔާސިރު ހަސަނެވެ. އޭނާ އާއި މޫކޭ އަކީ އެއް ރަށަކަށް ނިސްބަތްވާ ގާތް ދެ ރަހުމަތްތެރިން ކަމަށް ވެސް ނޫސްތަކުގައިވެއެވެ.
https://twitter.com/vmookey/status/1676232590137892864?s=46&t=M9M5hUKhSMLW6TzFVtCYOQ
ބައެއް މީޑިއާތަކުގައި އެ ފައިސާ އަކީ އާރްޑީސީގެ ފައިސާ ކަމަށާއި އެ ފައިސާ މޫކޭގެ އެކައުންޓަށް ވެސް ޖަމާވި ކަމަށަ ރިޕޯޓު ކޮށްފައިވެއެވެ. ނަމަވެސް މޫކޭ އެކަން ދޮގުކުރެއްވިއެވެ.
“ކަނޑައެޅިގެން ދޮގެއް. ވައްކަން ކޮށްގެން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރަން މިއީ ޔާމިނެއް ނޫން،” މޫކޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެއް އެކައުންޓުން އަނެއް އެކައުންޓަށް ހިނގާ މުއާމަލާތްތައް ފެންނަން ހުންނާނެ ކަމަަށް ވިދާޅުވެފައެވެ.
“ކުރު ވާހަކަ ލިޔާއިރު ވެސް މިއަށް ވުރެ ގަބޫލުކުރެވޭ ކަހަލަ ވާހަކަ ލިޔަން ފަރިތަ ކޮށްލުން ރަނގަޅު ވާނެ ކަމަށް ފެނޭ." އޭނާ ވިދާޅުވިއެވެ.
ފުލުހުން މިއަދު ވަނީ އާރްޑީސީއާ ގުޅޭ މައްސަލައެއް ތަހުގީގު ކުރާ ކަމަށް ބުނެފައެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ