ސީރިޔާގައި ތިބި ދިވެހި މައިންނާއި ކުޑަކުދިން އަންނަ މަސް ތެރޭގައި ރާއްޖެ ގެންނާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިން ފެއްޓެވުމުގެ ގޮތުން މިއަދު ށ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ ކޮމަންޑޫ އަށް ވަޑައިގެން ވާހަކަދައްދަކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ޒުވާނުންނަކީ ޒަމާނީ ޓެކްނޮލަޖީ އަށް ހޭލުންތެރި ޒުވާނުންތަކެއް ކަމަށެވެ. ކިތަންމެ ވަރަކަށް އެކަހެރިކޮށް އުޅެން ބޭނުންވި ނަމަވެސް މިއަދު އެ ފުރުސަތެއް އެއްވެސް ގައުމަކަށް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.
ޓެކްނޮލަޖީ މިއަދު ގުޅިލާމެހިފައިވާ ކަމަށާއި ދަތުރުފަތުރަށް އައިސްފައިވާ ތަރައްގީގެ ސަބަބުން ގައުމުތައް ވެސް އެއްގައުމު އަނެއް ގައުމާއި ކައިރިވެއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ދިވެހި ޒުވާނުންގެ ކިބާގައި ހުރި ހުނަރާއި ފަންނުވެރިކަން ދައްކުވައި ދޭނެ މަގުތައް ސަރުކާރުން ހޯދައި ދޭން ޖެހޭ ކަމަށެވެ. ހަމައެއާއެކު ރާއްޖޭގެ އެންމެ މުހިއްމު އެއް ތަނބު ކަމުގައިވާ އިސްލާމްދީނުގެ ސައްހަ އަގީދާ އެ ޒުވާނުންނާއި މުޅި މުޖުތަމައު އަށް މިހާރަށްވުރެ ސާފުކޮށް ކިޔައިދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެކުރީގައި ރާއްޖޭގައި އޮތް ސަރުކާރުން އޭރު ބުނަމުން ދިޔައީ ރާއްޖޭގައި ހަރުކަށި ފިކުރު ނެތް ކަމަށާއި ދާހިލީ ހަނގުރާމަތަކަށް ދިވެހިން ނުދާ ކަމަށެވެ. އެހެންނަމަވެސް 2018ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައިސް ހިސާބުތައް ބެލިއިރު 70އަށްވުރެ ގިނަ ދިވެހިން ސީރިޔާ އަށް ގޮސް އަމިއްލަ އަށް މަރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އެތާ އެކަނިވެރިވެފައި ތިބި މަންމަ އިންނާއި ކުޑަ ކުދިން ރާއްޖެ ގެނައުން. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކުރިޔަށް އޮތް އޮގަސްޓު މަސް ނިމެންވާއިރަށް އެ އާއިލާތައް ރާއްޖެ އަށް ގެނެސްދޭނަން،" ރައީސް ސޯލިހް ވިދާޅުވިއެވެ.
"އުފާވެރި އަމާން ރާއްޖެ" އަކަށް އެމްޑީޕީން ކުރާ ދަތުރުފައި ގިނަ ކަންތައްތަކެއް ޕްލޭނުގައި އެބަހުރި ކަމަށާއި ކުރިޔަށް އޮތްތަނުގައި އެކަމުގެ ތަފްސީލުތައް ހާމަ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ