ށ. ފޯކައިދޫގައި ސަރުކާރުން ކުރިޔަށްގެންދިޔަ ތަރައްގީގެ ބައެއް މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު އިފްތިތާހް ކޮށްދެއްވައިފިއެވެ.
އެމަނިކުފާނު މި މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވީ ފޯކައިދޫއަށް މިއަދު ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން މިއަދު ހަވީރު އެރަށުގައި ވަކި ވަކިން ކުރިޔަށް ގެންދިޔަ ތިން ރަސްމިއްޔާތެއްގައި ރައީސުލްޖުމްހުރިއްޔާ ވަނީ ފޯކައިދޫ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހްކޮށްދެއްވައި، އެރަށުގެ ބަނދަރު ހުޅުއްވައިދެއްވާފައެވެ. އަދި އެއަށްފަހު އެމަނިކުފާނު ވަނީ ފޯކައިދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި އެރަށު ފުޓުބޯޅަދަނޑު ހުޅުއްވައިދެއްވައިފައެވެ.
ފޯކައިދޫ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ނިމި ހިދުމަތް ދޭން ފަށާފައި ވާއިރު، ފޯކައިދޫ ބަނދަރު އަޕްގްރޭޑްކުރުުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ އެމްޓީސީސީއިންނެވެ. މީގެ އިތުރުން ވެސް ފޯކައިދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއެކު ސޯލާ ހަރުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ކުރިޔަށް ގެންގޮސްފައެވެ.
އެމްޑީޕީގެ "ދަތިވެއްޖެ" މުޒާހަރާއަށް ފުލުހުން ހުރަސް އަޅައިފި
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި