ކުރީގެ ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ ބައްލަވާ ހައި ކޯޓުގެ ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުން ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރެއްވޭނެ ކަމާ މެދު އިތުރަށް ސުވާލު އުފެދިއްޖެ އެވެ.
ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.
އެއް އަހަރަށް ވުރެ ދިގު ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާ ބޭފުޅުންނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެތީ ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިވަގުތު އޮތީ ޖަލު ހުކުމް ހައި ކޯޓުން ބާތިލް ކުރުމުންނެވެ.
ނަމަވެސް ޔާމީންގެ އިސްތިއުނާފް ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުޒައިފާ މުހައްމަދު މިވަގުތު ހުންނެވީ މެޑިކަލް ޗުއްޓީއެއްގަ އެވެ. އަދި ބެންޗުގައި ދެން ހިމެނޭ ފަނޑިޔާރު މުހައްމަދު ސަލީމް ވެސް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި ޗުއްޓީއަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުށަހަޅާފައިވާ ޗުއްޓީއެކެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހަށް ބަންދުވާނެ އެވެ. އަދި އިސްތިއުނާފް މައްސަލަ އޭގެކުރިން ނުނިމިއްޖެނަމަ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލޭނެ އެވެ.
ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވެސް ޝަރީއަތް ދަނީ ކުރިއަށެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އަހުމަދު މުހައްމަދު
ފަސް ސިޓީގެ އަންހެނުން ކޮމެޓީގެ ރައީސާކަންވެސް އެމްޑީޕީއަށް
އުމްރާގެ އަޅުކަމަށް ރައީސްގެ ދެކަނބަލުން މާދަމާ ސައުދީއަށް
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް