ނ. ހޮޅުދޫގައި މަގުހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފާރެއް ވެއްޓި އާރްޑީސީގެ ތިން މުވައްޒަފަކަށް އަނިޔާވުމާ ގުޅިގެން، އެ މުވައްޒަފުންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް އާރްޑީސީން ބުނެފިއެވެ.
ތިން މުވައްޒަފުންނަށް ވެސް އަނިޔާވީ މަސައްކަތުގައި އުޅެނިކޮށެވެ. އެ ތިން މީހުންގެ ގައިމައްޗަށް ފާރު ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަނިޔާވި ތިން މީހުންނަކީ ވެސް ހޮޅުދޫ ތިން މީހުންނެވެ. އެއީ އަހުމަދު ނިޔާޒް، އަހުމަދު ނޫރީގެ އިތުރުން މޫސާ ރަވީ ރާޒީއެވެ.
ނިޔާޒުގެ "ޕެލްވިކް ބޯން"ގައި ހަތަރު ފްރެކްޗާ އަދި އަހުމަދު ނޫރީގެ ކޮނޑުހުޅުގައި ފްރެކްޗާ އުފެދިފައިވާތީ އޮޕަރޭޝަނެއް ކުރަން އެ ދެމީހުން މާލެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ. ރަވީގެ ބޮލަށް ޒަހަމްތަކެއް ވެފައިވެއެވެ.
އާރްޑީސީން ބުނީ ތިން މުވައްޒަފުންގެ ހާލަތު އާރްޑީސީއިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
"މުވައްޒަފުންގެ ބޭސްފަރުވާއާ އެކަމާ ގުޅޭ އެހެނިހެން ހަރަދުތައް ކުންފުނީގެ ޕޮލިސީތަކާ އެއްގޮތަށް ހަމަޖައްސަމުން ގެންދާކަން މި ފުރުސަތުގައި ފާހަގަކުރަމެވެ." އާރްޑީސީން މީޑިއާތަކަށް ފޮނުވި ލިޔުމުގައިވެއެވެ.
އެ ކުންފުނިން ބުނީ އެ ހާދިސާ ހިނގިވަގުތުން ފެށިގެން ތިން މުވައްޒަފުން އިތުރު ފަރުވާއަށް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްއަށް ފުރުވާލެވެންދެން ހޮޅުދޫގެ އާރް.ޑީ.ސީ މުވައްޒަފުންނާއި ރަށުގެ އިސްވެރިންނާއި ސިއްހީ މަރުކަޒުގެ އެންމެހާ އިސްވެރިންނާއި މުވައްޒިފުން އަދި ހޮޅުދޫގެ ލޮބުވެތި އެންމެ ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔައީ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ