ރ. ފުއްގިރި މައްސަލާގައި އަހްމަދު ކްރިކް ރިޒާގެ މައްޗަށް ކުރާ ދައުވާގެ ބައި މި ވަގުތަށް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ.
ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ވެސް ކުރާއިރު ކްރިކްގެ މައްޗަށް ކުރަނީ ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ދައުވާ އެވެ.
ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުން ބުނީ އެ މައްސަލަ އަނބުރާ ގެންދަން ނިންމީ ކްރިކް ރިޒާގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމަންޓްތަކަކާ ގުޅިގެން އެ މައްސަލަ ކޯޓުގެ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވިފައި ނުވާތީ އާއި އޭނާގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތަކެއްގެ ސައްހަކަން ކަށަވަރުކުރަން ފުލުހުން އިތުރަށް ބަލަންޖެހޭ ބެލުންތައް ބަލަމުންދާތީ ކަމަށެވެ. ޕީޖީ އޮފީހުން ބުނިގޮތުގައި އާންމު މަސްލަހަތާ ގުޅޭ މައްސަލައެއް ކުރިއަށް ނުގޮސް އޮތުމަކީ މަސްލަހަތު ހުރި ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން އެ ދައުވާތައް ފަހުން ހުށަހަޅާ ގޮތަށް ކްރިކް ރިޒާގެ ބައި އަނބުރާ ފޮނުވައި ދިނުމަށް ކޯޓުގައި އެދިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ފުއްގިރި މައްސަލާގެ ޝަރީއަތް މިދިޔަ މަހުން ފެށިގެން ބޭއްވޭ ގޮތް ވަނީ ނުވެފަ އެވެ. އެއީ ކްރިކް ރިޒާ ބަލިވެ އުޅޭތީ އެވެ. މި މަހު ގިނަ އަޑުއެހުންތައް ތާވަލުކޮށްފައި އޮތަސް، އެއްވެސް އަޑުއެހުމެއް ނުބޭއްވުނީ ކްރިކްގެ ބަލި ހާލަތު ހުރިގޮތުން ކަމަށް ބުނެ މެޑިކަލް ލިޔުން ހުށަހަޅާފައި ވާތީ އެވެ.
ޔާމީން މިހާރު ވެސް ގެންދަވަނީ ވ. އާރަށް މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ