އެމްޑީޕީގެ ސޯޝަލް މީޑިއާގެ އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރުވި، ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) ސަރުކާރުން އައްޔަން ކޮށްފައިވާ ސިޔާސީ މަގާމުން މިއަދު އިސްތިއުފާ ދީފިއެވެ.
ލޫކަސް އައްޔަން ކޮށްފައި ހުރީ ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމަށެވެ. އޭނާ ވަނީ މިއަދު ސޯޝަލް މީޑިއާގައި އިސްތިއުފާ ދިންކަމުގެ ސިޓީ އާއްމު ކޮށްފައެވެ. އެ ސިޓީގައި އޭނާ ވަނީ ސަރުކާރުގައި މަސައްކަތް ކުރުމަށް ފުރުސަތު ލިބިގެން ދިއުމަކީ ތަޖުރިބާއެއް ކަމަށް ބުނެފައެވެ.
އިސްތިއުފާ ދިން ސަބަބެއް ލޫކަސް ހާމައެއް ނުކުރެއެވެ. އެކަމަކު ބުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޭނާއާ އަބަދުވެސް ބަހައްޓަވާ ގާތް ކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
ރައީސް ސޯލިހާއި އަދި އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދެބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދި އެމްޑީޕީ ބައިބައިވެގެން ދިޔައިރު ލޫކަސް މާބޮޑަކަށް ސިޔާސީ ކަންކަމުގެ ތެރެއިން ފެނިފައެއް ނުވެއެވެ. އާއްމު ގޮތެއްގައި ސޯޝަލް މީޑިއާގައި ހަރަކާތްތެރިކަމާއެކު ލޫކަސް އުޅުނު ނަމަވެސް އެދުވަސްރު ލޫކަސް އެހާ ބޮޑަކަށް ސިޔާސީ ކަންކަމުގައި އުޅޭ ތަނެއް ނުފެނެއެވެ.
ލޫކަސް އަކީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ސޯޝަލް މީޑިއާގެ އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ބެލެވޭ ގޮތުގައި އޭނާ ސަރުކާރުން އިސްތިއުފާ ދިނީ ވެސް ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި، ދަ ޑިމޮކްރެޓްސްއާ ގުޅެންށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ