ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަންކުރާ އެމްޑީޕީން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަތޮޅު ތެރޭގައި ކުރައްވާ ކެމްޕޭނުގެ ތެރެއިން މުލަކު ދާއިރާއަށް ވަޑައިގެންފިއެވެ.
ކޯލިޝަން ޕާޓްނަރުން ވެސް ބައިވެރިވެވަޑައިގަންނަވާ މި ދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ މ.ކޮޅުފުއްޓަށެވެ. އެ ރަށުގައި ސަރުކާރުން ހިންގަމުންދާ ބައެއް މަޝްރޫއުތައް ވެސް ރައީސް އިފްތިތާހު ކޮށްދެއްވާނެއެވެ.
[caption id="attachment_55154" align="alignnone" width="1620"] ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މ. ކޮޅުފުއްޓަށް ވަޑައިގަތުމުން ރައީސަށް މަރުހަބާ ދެންނެވުމަށް އެރަށުގެ ގިނަ ރައްޔިތުންތަކެއް ނިކުމެ: ފޮޓޯ | އެމްޑީޕީ[/caption]
ރައީސް، އަތޮޅު ތެރޭގެ ކެމްޕޭނު ފެއްޓެވީ މިދިޔަ ހަފްތާގައެވެ. ދާދި ފަހުން ރައީސް ވަނީ މާލޭގެ ބައެއް ސަރަހައްދުތަކަށް ޑޯޓުޑޯ ހަރަކާތްވެސް ފައްޓާވާފައެވެ. ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން ރައީސް ސޯލިހަށް އެބައޮތެވެ. ރަށްތަކަށް ކުރެއްވި ދަތުުރުތަކުން އެކަން ހާމަވެފައިވާ ކަމަށް ވިދާޅުވިއެވެ.
[caption id="attachment_55153" align="alignnone" width="1620"] ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މ. ކޮޅުފުއްޓަށް ވަޑައިގެން: ފޮޓޯ | އެމްޑީޕީ[/caption]
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެންމެ މުހިއްމު ކަމަކީ ސަރުކާރުން ކޮށްދީފައިވާ ކަންކަން ރަައްޔިތުންނަށް ކިޔައިދިނުމެވެ. އޭރުން ބަޔަކު އޮޅުވާލަން މަސައްކަތްކުރިޔަސް އަސްލަށް ކަންތައްތައްވަމުންދާ ގޮތް ރައްޔިތުންނަށް އެނގޭނެ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއެކޭ އެއް ފަދައިން މި ފަހަރުވެސް ކަންކަން ހިންގާނީ ރައްޔިތުންކަންކަން ބޭނުންވާ ގިތަށް ކަމަށްވެސް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ