ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ފޮށިތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފުރާލަދޭން ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ ކޮޅުފުށީ ރައްޔިތުންގެ ކިބައިގެން އެދިވަޑައިގެންފިއެވެ.
ގުޅިފައިވާ ކޯލިޝަން ގައި ހިމެނޭ އަދާލަތު ޕާޓިގެ ރައީސް އިމްރާނު އެހެން ވިދާޅުވީ ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހާއެކު މ. ކޮޅުފުއްޓަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. އެ ރަށަށް އުފަން އިމްރާން އަންދާޒާ ކުރައްވާ ގޮތުގައި ގައި އެ ކޮޅުފުށިން ރައީސަށް 65 ޕަސެންޓު ވޯޓު ލިބިވަޑައިގަންނަވާނެއެވެ.
" މި މަސައްކަތުން ރަނގަޅު ނަތިއްޖާއެއް ނެރުމުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި ހަމަ ފާހަގަކުރެވޭ ރަށަކާއި ހަމަޔަށް ދިޔުމަށް ތިބޭފުޅުންނަށް ވަރަށް ބޮޑު ފުރުސަތެއް އެބަ ލިބޭ" އިމްރާން ވިދާޅުވިއެވެ. އެ ރަށުން އެހާ ބޮޑު ޕަސެންޓެއް ލިބޭނެ ކަމުގެ ޔަގީންކަމެއް ދެއްވާ ސަބަބުންވެސް އިމްރާން ކިޔައި ދެއްވިއެވެ. ސަބަބަކީ ރައީސަކީ އެމަނިކުފާނު ވެވަޑައިގަންނަވާ ވައުދު ފުއްދަވާ ބޭފުޅެއް ކަމަށެވެ. އަދި އެ ރަށަށް ވެވަޑައިގެންފައިވާ ވައުދުތަކުންނެވެ. މި ފަސް އަހަރު ތެރޭގައި ރައްޔިތުންނަށް އެކަން ވަރަށް ސާފުކޮށް ފެނިފައިވާ ކަމަށާއި އެކަމާއި ދެބަސްވާނެ މީހަކު ނުހުންނާނެ ކަމަށް ވިދާޅުވިއެވެ. އެހެންވެ އެންމެ އެކަތިގަނޑަކަށްވެގެން ރައީސް ހޮއްވަވައި ދެއްވުމަށް ބާރު އެޅުއްވިއެވެ.
"ވޯޓު އަޅައި އަޅައި ވޯޓު ފޮށި އިރާދަކުރެއްވިއްޔާ ރައީސަށް ފުރާލަދޭނަން" އޭނާ ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ 2004 ވަަނަ ރާއްޖެއަށް އެރި ސުނާމީގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ކޮޅުފުށި އާރާސްތުރުމުގެ ކިރިޔާ މަސައްކަތެއް ފެށުނީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ކަަމަށެވެ. އޭރު އެމްޑީޕީން އެކަން ފެށި ނަމަވެސް ރައްޔިތުންނަށް އިހުސާސް ކުރުވޭވަރުގެ މަސައްކަތެއް ފެށީ މި ދައުރުގައި ކަމަށެވެ.
"އެކަން ހަގީގަތަކަށް ހައްދަވައިދެއްވީ މި އިންނެވި ރައީސް ސޯލިހު" އިމްރާން ވިދާޅުވިއެވެ. އިމްރާން އެ އިޝާރާތްކުރެއްވީ ސަރުކާރުން އެ ރަށުގައި ހިންގާ ބައެއް މަޝްރޫއުތަކަށެވެ. ކޮޅުފުށީގައި ހައުސިން ޔުނިޓްގެ މަޝްރޫއު މި އަހަރު ބަޔަކާއި ހަވާލުކޮށްފައިވާއިރު މިއަދު ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތަކުރުމާއި ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު ރައީސް ސޯލިހު ވަނި ފައްޓަވައިދެއްވާފައެވެ. މި ސަރުކާރުން އެ ރަށުގައި 10 އަށް ވުރެ ގިނަ މަޝްރޫއު އެބަ ހިންގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ