ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ދިއްގަރު ދާއިރާ އަށް ދަތުރު ފައްޓަވައިފިއެވެ.
އެގޮތުން ރައީސް މިއަދު ވަނީ ދިއްގަރު ދާއިރާގައި ހިމެނޭ މ. ވޭވަށަށް ވަޑައިގެންފައެވެ. ވޭވަށަށް ވަޑައިގަތުމުން ރައީސް ސޯލިހަށް ތާއީދު ކުރާ ގިނަ ރައްޔިތުންނާއި އެމްޑީޕީގެ އާއްމު މެންބަރުންގެ އިތުރުން އެޕާޓީއާ ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ އަދި އެމްޑީއޭ އަށް ތާއީދު ކުރާ އާއްމު ފަރާތްތަކުން ވަނީ ރައީސަށް މަރުހަބާ ދެންނެވުމަށް ނިކުމެފައެވެ.
ދިއްގަރު ދާއިރާ އަށް ރައީސް ދަތުރު ފެއްޓެވިއިރު އިއްޔެ އެމަނިކުފާނު ވަނީ މުލަކު ދާއިރާގެ ރަށްތަކަށް ވަޑައިގެންފައެވެ. ރިޔާސީ ކެމްޕެއިނުގެ ދަތުރުތަކުގައި ރައީސް އަންނަނީ ސަރުކާރުން ރަށްރަށުގައި ހިންގަމުން އަންނަ ތަރައްގީގެ މަޝްރޫއުތައް އިފްތިތާހް ވެސް ކޮށްދެއްވަމުންނެވެ.
ރައީސް، އަތޮޅު ތެރޭގެ ކެމްޕޭނު ފެއްޓެވީ މިދިޔަ ހަފްތާގައެވެ. ދާދި ފަހުން ރައީސް ވަނީ މާލޭގެ ބައެއް ސަރަހައްދުތަކަށް ޑޯޓުޑޯ ހަރަކާތްވެސް ފައްޓާވާފައެވެ. ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން ރައީސް ސޯލިހަށް އެބައޮތެވެ. ރަށްތަކަށް ކުރެއްވި ދަތުުރުތަކުން އެކަން ހާމަވެފައިވާ ކަމަށް ވިދާޅުވިއެވެ.
ބަޖެޓު 2026: ބިން ހިއްކުމާއި އިމާރާތް ކުރުމަށް 3.8 ބިލިއަން ރުފިޔާ
ގޯއްޗާއި ފްލެޓް ދިނުން ލަސްކުރުމަކީ އަނިޔާވިރިވުން: އާޒިމް
ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް