އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތުގެ މައްޗަށް އިތުރު 12 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން މިހާރު ވެސް އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޒިޔަތުގެ މައްޗަށް އެ ދައުވާކުރީ ދައުލަތުގެ ކުންފުނިތަކުން އެކި ބޭނުންތަކުގައި އެމްއެމްޕީއާރުސީއަށް 2014 ވަނަ އަހަރު ދޫކުރި ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުނިތަކަކަށް ދޫކޮށް، އެއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އެ ދައުވާތަކަށް އެއްބަސްވުމަށްޓަކައި ޒިޔަތާ އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ކޮންމެ ދައުވާއަކަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް ޒިޔަތުގެ މައްޗަށް އިއްވަން އެއްބަސްވެފައިވާ ކަމަށާއި އަދި ހިޔާނާތުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގައި ޒިޔަތު އެހީތެރިކަން ދޭން އެއްބަސްވެފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެ އެއްބަސްވުމާ ގުޅޭގޮތުން ޒިޔަތާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ ދައުވާތަކަށް އެއްބަސްވާ ކަމަށާއި އަދި އިއުތިރާފް އެއްބަސްވުމަކީ ވެސް ރަނގަޅު އެއްބަސްވުމެއް ކަމަށެވެ.
ކޯޓުން ހުކުމްކުރީ ޒިޔަތުގެ އިއުތިރާފުން އެ ކުށް ސާބިތުވާތީ އޭނާ 12 އަހަރަށް ޖަލަށްލުމަށެވެ.
ޒިޔަތު މިވަގުތު އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ޅ. މާބިންހުރާ ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ހިޔާނާތުގެ ކުށް ސާބިތުވެގެންނެވެ. ނަމަވެސް އޭނާ ހުކުމް ތަންފީޒު ކުރައްވަނީ ގޭ ބަންދުގަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ