ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އާއްމުންގެ ހިޔާލު ހޯދުމަށް މިމަހުގެ 28ގެ ކުރިން ވޯޓެއް ނެގުމަށް ދަ ޑިމޮކްރެޓްސްގެ ކައުންސިލަށް ގަރާރެއް ހުށަހަޅާ ބަހުސް ކުރަން ފަށައިފިއެވެ.
މި ގަރާރު އެޕާޓީގެ ކައުންސިލަށް ހުށަހެޅުއްވީ މުހައްމަދު ޝިފާޒު (ޝިއްޕެ) އެވެ.
އެ ގަރާރުގައި ޝިފާޒު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގޮސްފައިވާ ދެ ޕާޓީ އަށް ތަފާތު ހުށަހެޅުންތަކެއް ހުށަހަޅައިފައެވެ.
އެމްޑީޕީ އަށް ހުށަހެޅީ މިމަހުގެ 28ވަނަ ދުވަހު ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓު ނެގުމަށް އެއްބަސްވުމެވެ. އަދި މިމަހުގެ 20ވަނަ ދުވަހު އެމްޑީޕީއާ ޑިމޮކްރެޓްސްއާއެކު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ވެސް ޝިފާޒުގެ ގަރާރުގައި ވަނީ ހުށަހަޅާފައެވެ.
ޕީޕީއެމް އަށް ހުށަހަޅާ ކަންކަމުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ނަގަން ޖެހޭ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެއްބަސްވުމުގެ އިތުރަށް ސަރުކާރުގެ ހިއްސާ ޑިމޮކްރެޓްސްއަށް ދިނުން ހިމެނެއެވެ.
ޑިމޮކްރެޓްސްގެ ކައުންސިލަށް މި ހުށަހެޅުން ހުށަހެޅިއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ރިޔާސީ އިންތިހާބު ނިންމާ އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ހަމަވުމުގެ ކުރިން ނިޒާމީ ވޯޓު ނެގުމަށް ހުށަހަޅުއްވައިފިއެވެ.

އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ