ރައްޔިތުން ގާތުގައި ތެދު ބަހުން ނޫނީ ވާހަކަ ނުދައްކަވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންގެ ގާތަށް މުއިއްޒު"ގެ ނަމުގައި ރޭ ސަލްޓަން ޕާކުގައި ބޭއްވި ހަރަކާތެއްގައި މުއިއްޒު ވަނީ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ބައެއް އޯޑިއޯތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އޭގެތެރެއިން އެއް އޯޑިއޯ އަކީ ހުޅުމާލެ އިން ދިން ގޯތިތައް ފުށިދިއްގަރުފަޅަށް ބަދަލު ކުރާނެ ކަމަށް ބުނާ އޯޑިއޯއެކެވެ.
"އެންޓި ކެމްޕެއިން މިއޮތީ އިންތިހާ އަށް މައްޗަށް ގޮސްފައި،" އެ އޯޑިއޯ އަކީ ސައްހަ އޯޑިއޯއެއް ނޫން ކަމަށް ވިދާޅުވެ މުއިއްޒު ވިދާޅުވިއެވެ.
އެއްވެސް ކަމެއް ފޮރުވައިގެން ނުކުރާނެ ކަމަށް ވިދާޅުވެ، ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނަށް ކުރާ ތުހުމަތުތަކާއި މެދު ހާސް ނުވާ ކަމަށެވެ.
"އެހެން މީހުން ވެއްޓޭ ދަށު ދަރަޖައަށް އަޅުގަނޑު ވެއްޓެން ޖެހޭނެ ކަމަކަށް ނުދެކެން،" މުއިއްޒު ވިދާޅުވިއެވެ.
ރޭ ވެސް މުއިއްޒު ވަނީ އޭނާ އަކީ ގާނޫނާ ގަވައިދާ ހިލާފަށް އެއްވެސް އިރަކު އެއްވެސް ކަމެއް ކުރި މީހެއް ނޫން ކަމަށާއި އަދި އެފަދަ ކަމެއް ނުވެސް ކުރާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީނާއި ޑރ. މުއިއްޒާ ގުޅުވާ ދެކެވޭ ވާހަކަތަކަށް ވެސް މުއިއްޒު ރައްދު ދެއްވިއެވެ. ވިދާޅުވީ މާޒީގައި އެމަނިކުފާނަކީ ޔާމީނަށް އިހްލާސްތެރިއެއްކަން ސާބިތު ކޮށްދީފައި ވާނެ ކަމަށެވެ.
"މި މަސައްކަތުގައި އަޅުގަނޑު ކުރިއަށް ދާނީ ރައީސް ޔާމީންގެ އަރިހުން ދަސްވެފައިވާ ގޮތަށް ބާރު ދުވެލީގައި ގައުމުގެ ކަންކަން ކުރެވޭ ގޮތަށް،" މުއިއްޒު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ތިޔަވިދާޅުވދޮގެއްއުތުރުތިލަފަޅުގައިއިންޑިޔާސިފައިންތިބިވާހަކަދެއްކެވީއެތަނަށްގޮސްބަލާފަތަކަމެއްބަލަންވާވަރަށްނުބަލައިއެވާހަކައެއްދެއްކިގެންނުވާނެއެވެ
އިއްބެ