ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އިދާރާތަކުގެ ހާއްސަ އޮޑިޓެއް ކުރަން ޖެހޭކަން ފާހަގަވެފައިވާ ކަމަށް އިންތިހާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރްޒުލް މިއަދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ އެ އިދާރާތަކާއި ކުންފުނިތަކުގެ ހާއްސަ އޮޑިޓު ކުރުމަށް އޮޑިޓާ ޖެނެރަލްގެ އަރިހުން އެދުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެކަމަކު އޮޑިޓުކުރަން ހުށަހަޅާ ކުންފުނިތައް ނުވަތަ އިދާރާތަކުގެ ތަފުސީލެއް ފިރުޒުލް ނުދެއްވައެވެ.
"އަޅުގަނޑުމެން ގަސްތުކުރަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އޮޑިޓާ ޖެނެރަލްއަށް މި އިދާރާތަކުގެ ހާއްސަ އޮޑިޓެއް ހެދުމަށް ދެންނެވުމަށް" އޭނާ ވިދާޅުވި އެވެ.
ފިރުޒުލް ވިދާޅުވި ގޮތުގައި އިންތިގާލީ ކޮމިޓީތަކުން އިދާރާތަކަށް ގޮސް ކުރާ މަސައްކަތަކީ އެ ތަންތަނުގެ ހާލަތު ބެލުމެވެ. އެއީ އޮޑިޓެއް ކުރުން ނޫންކަން ފާހަގަކުރައްވާ ވިދާޅުވީ ހާއްސަ އޮޑިޓަކަށް ދާން ނިންމީ އެގޮތަށް ހޯދުނު މައުލޫމާތުގެ އަލީގައި ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ